އަނބިމީހާ ނޫން އަންހެނަކަށް ސަމާލުކަން ނުދިނުމަކީ ތަންވަސް މީހަކަށްވާން އެދޭމީހާ ކުރަންޖެހޭނެ ކަމެއް! މިލިއަނަރެއްގެ ތަޖުރިބާއިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަނބިމީހާ ނޫން އަންހެނަކަށް ސަމާލުކަން ނުދިނުމަކީ ތަންވަސް މީހަކަށްވާން އެދޭމީހާ ކުރަންޖެހޭނެ ކަމެއް! މިލިއަނަރެއްގެ ތަޖުރިބާއިން-

ތަނަވަސްކަމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ތަނަވަސްކަން އިތުރުކުރަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ސަމާލުކަންދޭންވީ ތަނަވަސްކަން ލިބިފައިވާ މީހުން ތަނަވަސްކަން ލިބިގަންނަން ޢަމަލުކުރި ގޮތަށެވެ. އެހެންކަމުން މިގެނެސްދެނީ އަމިއްލަ މަސައްކަތުން މިލިއަނަރަކަށްވެފައިވާ މީހަކު ބުނެފައިވާ ބައެއް ވާހަކައެވެ. 

- ތިމާ ނިޞްބަތްވަނީ ފަޤީރު ޢާއިލާއަކަށްނަމަ ތިމާގެ ސަބަބުން ބައަކަށް ތަނަވަސްކަން ހޯދައިދޭން މަސައްކަތްކުރާށެވެ. އެންމެ ޢާއިލާއަކަށް ނަމަވެސްމެއެވެ. (ދީލަތިވާށެވެ!) 

- ފެންނަހައި އަންހެނަކަށް ސަމާލުކަން ނުދީ ހަމަ އެންމެ އަންހެނަކަށް ސަމާލުކަންދޭށެވެ! (ކިތަންމެ ރީތި އަންހެނަކު ފެނުނަސް ބައިވެރިޔާ ނޫން އަންހެނަކަށް ސަމާލުކަން ނުދޭށެވެ! އަނބިމީހާއަށް ދޭ ސަމާލުކަން އިތުރުކުރާށެވެ!) 

- ލިބޭ އާމްދަނީ އިތުރުކުރަން ތިބާކުރާ ވަރަށް މަސައްކަތް ނުކުރާ މީހުންގެ ފާޑުކިޔުންތަކަށް ނުވިސްނާށެވެ! 

- ގެއްލުމެއް ލިބުނަސް މާޔޫސްނުވެ ހިތްވަރުކުރާށެވެ! 

- ތިބާގެ ކިބައިން ނާޖާއިޒު ފައިދާއެއް ނުލިބުމުން އެއްޗެތިގޮވާ މީހުންގެ އަޑު އިވޭކަމަށް ނުހަދާށެވެ! 

މިކަންކަމަށް ސަމާލުކަންދީގެން ކުރިއެރުން ހޯދަން މަސައްކަތްކުރާ މީހަކަށް ތަނަވަސްކަން ލިބޭނެއެވެ. އިން ޝާ ﷲ 

 

މިއަދު އޮންލައިން