ޒަމާން ފަސްވާވަރަކަށް ދީނުގަ ޘާބިތުވެ ހުންނަން އުނދަގޫވާނެ! ޘާބިތުވެ ހުރެއްޖެނަމަ ދެއްވަވާނެ ޘަވާބު ހީވެސްނުކުރެވޭހާ ބޮޑު!: ޝައިޚް މުޙައްމަދު މޫސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޒަމާން ފަސްވާވަރަކަށް ދީނުގަ ޘާބިތުވެ ހުންނަން އުނދަގޫވާނެ! ޘާބިތުވެ ހުރެއްޖެނަމަ ދެއްވަވާނެ ޘަވާބު ހީވެސްނުކުރެވޭހާ ބޮޑު!: ޝައިޚް މުޙައްމަދު މޫސާ

މި ޒަމާނުގަ ހެޔޮކަމަކަށް ގޮވާލީމަ އަންނަ މީހުން ހާދަމަދޭ. އެމީހުން ހީކުރާކަހަލަ ހެޔޮ ނަސޭހަތެއް އަޑުއެހީމަ އެމީހުންނަށް އެއްޗިހިތަކެއް މަދުވަނީކަމަށް. ހެޔޮ ނަސޭހަތް އަޑުއެހީމަ އެމީހުންނަށް ޘާވާބު ލިބިގެންދަނީ. ހެޔޮ ނަސޭހަތް އަޑުއެހީމަ އެމީހުންގެ ޢީމާންކަން ވަރުގަދަވަނީ. އެމީހުންގެ ޢީމާންކަން ތާޒާ ވަނީ ހެޔޮ ނަސޭހަތް އަޑުއެހީމަ. ހެޔޮނަސޭހަތް އަޑުއެހީމަ އެމީހުންނަށް އެމީހުންގެ އާޚިރަތް ހަނދުމަކޮށްދެނީ. އެމީހުން ދުނިޔޭގެ ކަންތައްތަކާމެދު ޣާފިލުވެ ތިބޭ ތިބުމުން އެމީހުންނަށް ހޭވެރިކަން ގެނެސްދެނީ ހެޔޮ ނަސޭހަތް އަޑުއެހީމަ.

އެހެންނަމަވެސް ހެޔޮ ނަސޭހަތްތަކަށް ގޮވާލީމަ އެކަންތައްތަކަށް އިޖާބަ ދޭމީހުން މަދު. މީ ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރޭގަ ހިމެނޭ ކަންތައްތައް. ފަހު ޒަމާނުގެ ޢަލާމާތްތަކުގެ ތެރޭގަ ހިމެނިގެންވާ ކަންތައްތައް މީ، ދުނިޔޭގެ ކަންތައްތަކަށް އާޚިރަތަށް ވުރެ ބޮޑަށް މީހުން އިސްކަންދޭނީ. ދުނިޔަވީ ކަންތައްތަކަށް ބޮޑަށް އިސްކަންދޭނީ. އެހެންވީމަ ހަޤީގަތުގަ މީ އަޅުގަނޑުމެން ހައިރާން ވާންޖެހޭ ކަމެއް ނޫން އެއްގޮތަކަށްވެސް. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވި ފަހުޒަމާނުގައި ދީނަށް އުޅޭ މީހުން މަދުވާނެ ކަމަށް. އެހެންނަމަވެސް ދީނުގަ ސާބިތުވެ ރަނގަޅަށް ދީނުގަ ހިފަހައްޓައިގެން ހުންނަ މީހަކަށް ލިބޭނެ ޢަޖުރު އެކަލޭގެފާނު ބަޔާން ކޮށްދެއްވީ ޞަޙާބީންނާ މުޚާތަބު ކުރައްވާ ޙަދީޘްފުޅު ކުރެއްވީ އެކަލޭގެފާނު. " އަނގުރު އަލިފާންގަނޑެއް އަތް މައްޗަށް ލައިގެން ހުރުން ފަދަ އުނދަގޫ ކަމަކަށް ވާނެއޭ ފަހުޒަމާނުގަ ދީނަށް އުޅުން. މީހުންގެ މަލާމާތާއި މީހުންގެ ފުރައްސާރައާއި ކަންތައްތައް އަންނާނެއޭ. ދީނަށް އުޅޭ މީހުންނަށް ހަޖޫ ޖަހާމީހުން މަލާމާތް ކުރާ މީހުން ފުރައްސާރަ ކުރާ މީހުން އުޅޭނެ. އެއާއެކުވެސް ކިތަންމެ ފުރައްސާރައެއް ކުރިއަސް، ކިތަންމެ މަލާމާތެއް ކުރިއަސް، ކިތަންމެ ހަޖޫ ޖެއްސަސް، ﷲ އަށްޓަކައި ދީނުގަ އޭނަ ސާބިތުވެއްޖެ ކަމުގައި ވާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަޙާބީ ބޭކަލުންނާ މުޚާތަބު ކުރައްވާ ޙަދީޘް ކުރެއްވީ ތިޔަ ބޭކަލުންގެ 50 މުޖާހިދުންގެ އަޖުރު އެމީހަކަށް ލިބިގެން ދާނެ ފަހުޒަމާނުގަ ދީނަށް އުޅޭ މީހާ." 

އެހެންމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހެޔޮ ޚަބަރު ދެއްވާފަ މިވަނީ ފަހު ޒަމާނުގަ ދީނަށް އުޅޭމީހުން ﷲ އަށް ބިރުވެތިވެ އިޚްލާސްތެރި ކަންމަތީގަ ދީނުގަ ސާބިތުވެ ތިބޭ މީހުންނަށް ހުރި ޘަވާބާއި ދަރުމައިގެ ބޮޑުކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ބަޔާން ކޮށްދެއްވެވީ. 

- އައްޝައިޚް މުޙައްމަދު މޫސާގެ ދަރުސަކުން

މިއަދު އޮންލައިން