ހުރިހާ އަނބިންނަކީ ވަޒީފާއަދާކުރާ ނުވަތަ އާމްދަނީ ހޯދާބައެއް ނޫނެވެ. އެމީހުންގެ އަތުގައި ހުންނަނީ ފިރިމީހާގެ ތަކެއްޗާއި ފައިސާއެވެ. އެހެންކަމަށްވާއިރު ފިރިމީހާގެ ފައިސާއިން ވިޔަސް މުދަލުން ވިއަސް އަނބިމީހާއަށް ޞަދަޤާތް ދެވޭނެތޯ؟ އަދި ދަރުމަ ލިބޭނެތޯ؟
ބައެއް މީހުންގެ ހިތުގައި މިފަދަ ސުވާލުތައް އުފެދެނީ ފިރިމީހާ މަސައްކަތް ކޮށްގެން ހޯދާ އެއްޗެއް އަނބިމީހާ މަސައްކަތް ނުކޮށް ފިރިމީހާގެ ފައިސާއާއި މުދަލުން ވިޔަސް ޞަދަޤާތް ދީގެން އަނބިމީހާއަށް ދަރުމަ ލިބޭނެ ކަމާއިމެދު ސުވާލު އުފެދޭތީއެވެ.
ޖަވާބު:. އަނބިމީހާ ޚަރަދު ކުރަން ދީފައި ހުންނަ ފައިސާއިން ބާކީ ކޮށްގެން ޞަދަޤާތް ކުރެވިދާނެއެވެ. ނޫންނަމަ ފިރިމީހާގެ އިޒުނައާއެކު އޭނާގެ ފައިސާއިން ޞަދަޤާތް ކުރެވިދާނެއެވެ. ހެޔޮ ޢަމަލެއް ކުރުމުގެ މަގު ދައްކައިދިން ކަމަށްޓަކައި އެކަން ކުރި މީހާގެ ދަރުމައާއި ޘަވާބު މިންވަރެއް އުނިނުވެ މަގު ދައްކައިދިން މީހާއަށްވެސް ދަރުމައާއި ޘާވާބު ލިބޭނެ. إِنْشَاءَ الله
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް