ވިޔަފާރިކުރުމުން ހިލޭދޭ ކޫޕަން ގުރުއަތުލައިގެން ލިބޭ އެއްޗެއް ބޭނުންކުރުމަކީ އަދި ހިލޭދޭ ކޫޕަން ގުރުއަތުލުމަކީ މައްސަލައެއް ނޫން!: ޝައިޚް މުޙައްމަދު އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ވިޔަފާރިކުރުމުން ހިލޭދޭ ކޫޕަން ގުރުއަތުލައިގެން ލިބޭ އެއްޗެއް ބޭނުންކުރުމަކީ އަދި ހިލޭދޭ ކޫޕަން ގުރުއަތުލުމަކީ މައްސަލައެއް ނޫން!: ޝައިޚް މުޙައްމަދު އިބްރާހީމް

ހޮޓަލަކުން އިޢުލާނު ކޮށްފައިވަނީ 100 އިން މައްޗަށް ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޫޕަންތަކުގެ މެދުގަ ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭނެކަމަށް. މި މައްސަލައިގައި މީ ކިހިނެއްތޯ ސުވާލުކުރައްވަފަ އޮތީ؟ 

އާދެ، އޭގަ އެއްވެސް މައްސަލައެއް ނެތް. އޭގަ ވިޔަފާރި އެކުރަނީ ދެފަރާތުންކުރެ އެއްފަރާތަކަށްވެސް ގެއްލުމެއްވެސް ނެތް. މިހާރު ވިޔަފާރި ކުރީމަ އެތަނުން ދެނީ ކޫޕަން. މިހާރު އެ ކޫޕަން ގަންނަ ނަމަ މައްސަލައެއް، ގަންނަން ޖެހޭނަމަ. މިހާރު ކޫޕަން ގަނެގެން ދެން އޭގެމެދުގަ ގުރުއަތުން ދިމާވާފަރާތެއް ކަނޑައެޅުން އެ ވާނީ ޖުއާއަށް. އެހެންނަމަވެސް މީ ވިޔަފާރި، އެތަނުން ކެއީމަ ދެން ކޫޕަން މި ދެނީ. އެ ހޮޓަލުން ވިޔަފާރި ކުރީމާ މިދެނީ ކޫޕަން. ދެން އެ ކޫޕަން ލިބޭ މީހުންގެ މެދުގަ ގުރުއަތު މިލަނީ. އެހެންމާ އޭގަ ނެތް މައްސަލައެއް، ޖުއާއަކަށް ނުވާނެ. 

ޢުމްރާ ދަތުރު ހޯދުމުގެ ބޭނުމުގައި އެ ހޮޓަލުން ކައިބޮއި ހެދުމަކީ ނަސީބު ބެލުން ކަމުގައި ވާނެތޯ؟ 

ނޫން، ނުވާނެ. އެއީ ނަސީބު ބެލުމެއް ނޫންތާ އެއީކީ. އެ ދެން އޭނައަށް ދިމާވެއްޖެއްޔާ އެހެން އެކަން އެވީ ގުރުއަތުން، އެ ހަމަ އޮތް އެއްޗެއް، ދީނީގޮތުން ސާބިތު އެއްޗެއް ގުރުއަތަކީ. އެހެންވީމަ އެއީ ނަސީބު ބެލުމެއް ނޫންތާ އެއީކީ. ހަމަ ﷲ ގެ ނަބިއްޔާވެސް ގުރުއަތު ލެއްވި ކަންކަމުގަ. އެހެންމަ އެއީ ނަސީބު ބެލުމެއް ނޫން. އޭނާ އެކަމަށް ޝައުގުވެރިކަން އެ ފާޅުކުރަނީ އޭގަ. ދެން އޭނާ އެ ކޫޕަން ގަންނަނީއެއްވެސް ނޫން އެކަމަށްޓަކާ ސީދާ. އޭނަ ވިޔަފާރި ކޮށްގެން އޭނައަށް ލިބޭ ކޫޕަނެއް އެއީ، ދެން އެ ޢުމްރާ ދަތުރުގެ ބޭނުމުގަ ވިޔަސް އަދި ކޮންމެ ގޮތެއްވިޔަސް އޭނައަށް ހިލޭތާ އެ ކޫޕަން އެލިބެނީ. އެހެންމަ އޭގަ ނެތް މައްސަލައެއް. 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން