އެންމެފަހުގެ ނަބިއްޔާ އަދި ރަސޫލާ:
އެންމެފަހުން ފޮނުއްވި ނަބިއްޔާ އަދި ރަސޫލާއަކީ މުޙައްމަދު ﷺ އެވެ. އެކަލޭގެފާނަށްފަހު އެއްވެސް ރަސޫލެއް އަދި ނަބިއްޔެއް ވަޑައެއް ނުގަންނަވާނެއެވެ. އޭގެފަހުން ނަބީކަމަށް ނުވަތަ ރަސޫލުކަމަށް ދައުވާކުރާ މީހުންނަކީ ދޮގުވެރީންނެވެ. އަޙްޒާބު ސޫރަތުގެ 40 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا ﴿٤٠﴾
މާނައީ: [ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ].
(ޢީސާގެފާނު އަލުން ދުނިޔޭގެ ބިމަށް ފޮނުއްވަވާނެތީ ބައެއް މީހުން ތަފާތު ގޮތްގޮތަށް ސުވާލުތައް އުފައްދައެވެ.
"ޢީޞާގެފާނު އަލުން ބިމަށް ފޮނުއްވަވާނީ ރަސޫލްބޭކަލެއްގެ ގޮތަކު ނޫނެވެ. ޙާޚިމެއްގެ ގޮތުގައެވެ. މީސްތަކުން ފަސާދަވެފައިވަނިކޮށް އިސްލާމް ދީނަށް ގޮވާލައްވާ ބޭކަލެއްގެ ގޮތުގައެވެ.")
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
- ޑރ. މުޙްޞީން ޚާންގެ ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރިޖަމާގައިވެއެވެ.
(ޢީޞާގެފާނު އަލުން ދުނިޔެއަށް ފޮނުއްވަވާނެކަން ޤަބޫލުނުކުރުން ވަނީ ކުދިޝިރުކުކުރުމުގެ ތެރެއިންނެވެ.")