ޒިނޭކުރާ މަންޒަރުބަލާ މީހުންނަށް ޒިނޭކުރިކަމުގެ ޢަޛާބް ދެއްވަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޒިނޭކުރާ މަންޒަރުބަލާ މީހުންނަށް ޒިނޭކުރިކަމުގެ ޢަޛާބް ދެއްވަވާނެތޯ؟

ބަރަހަނާ މަންޒަރު ބަލާ މީހަކު ޒިނޭކުރަމުން ދާތަން ބަލަމުން ދާއިރު އެމީހާ ހިމެނޭނެތޯ އެ ބަލަމުންދާ ވީޑިއޯއިން ފެންނަ ޒިނޭ ކުރަމުން ދިޔަ ދެމީހުންގެ ކެޓެގެރީގަ؟ ވާހަކައަކީ އެދެމީހުންނަށް ހުރި ޢަޒާބުތޯ އެ ބަލާ މީހާއަށްވެސް ހުންނާނީ؟  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވޭ، މީހާގެ ހަމައެކަނި ޖިންސީ ގުނަވަން އެކަންޏެއް ނޫން ޒިނޭ މި ކުރަނީއެއް. އޭނާގެ އަތްވެސް ޒިނޭ ކުރޭ، ލޯ ޒިނޭ ކުރޭ، ކަންފަތް ޒިނޭ ކުރޭ، ފައި ޒިނޭ ކުރޭ އެބަ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވާފަވަނީ. ކޮންމެ މީހަކަށްވެސް އެ ޒިނޭގެ ބައެއް އެބަ ލިޔެވިގެންއެބަދޭ.  

އެއީ ލޮލުގެ ޒިނޭ އެބަ އާދޭ. އަތުގެ ޒިނޭ އެބައާދޭ. ފައިގެ ޒިނޭ އެބައާދޭ. ކަންފަތުގެ ޒިނޭ އެބައާދޭ. އެހެންމަ ކަންފަތުގެ ޒިނޭ އަކީ އެބާވަތުގެ ވާހަކަތައް އަޑުއެހުން. ލޮލުގެ ޒިނޭއަކީ އެބާވަތުގެ މަންޒަރުތައް ބެލުން، ދެން ފައިގެ ޒިނޭއަކީ އެއީ އެކަހަލަ ކަންތައްތަކަށް ދިއުން، ހިނގާފަ ދިއުން ފާހިޝް ކަންތައްތަކާ އެބާވަތުގެ ޢަމަލުތަކަށް ހިނގާފަ ދިއުން އެއީ ފައިގެ ޒިނޭ އެއީ.  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިމިވަނީ އެ ހުރިހާ ކަމެއް ތެދުކުރާނީ އޭނަގެ ޖިންސީ ގުނަވަނޭ. މާނައަކީ ދެން އަސްލު ޒިނޭއަށްވާނީ ޖިންސީ ގުނަވަނުން ކުރާ ޒިނޭއަށް. އެހެންމަ އަސްލު ޒިނޭއަކާ އެއްވަރެއް ނުވާނެ އެ ޒިނޭތަކެއް. އެކަމަކު ފާފަ، އެ ގުނަވަންތަކުން ކުރެވޭ ފާފަ އެއީ. އެ ފާފައިގެ، އެ ޒިނޭގެ ބައެއް އޭނައަށް ލިބިގެންދާނެ ކޮންމެ ގޮތެއް ވިޔަސް. ހިއްސާއެއް ލިބިގެންދާނެ، ލޮލަށް ހިއްސާއެއް ލިބިގެން ދާނެ. ކޮންމެ ގޮތެއްވިޔަސް އެ މަންޒަރުތައް ބަލާކަމުގަ ވެއްޖެއްޔާ އޭނަގެ ލޮލަށް އޭގެ ހިއްސާއެއް ލިބިގެން އެބަދޭ. އެ ފާފައިގެ ހިއްސާއެއް، އެހެންމަ ޢަޒާބުގެ ހިއްސާއެއް އޭނާ ލޮލަށް ލިބިގެންދާނެ.  

ލޮލުގެ ފެނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއް މީ. އަސްލު ޙަޤީގަތުގައި އެ ނިޢުމަތް ފިލައިގެން ދިޔައީމަ  އެކަމުގެ އެ އަގު ވަޒަންކުރެވިގެން ދާނީ. ލޮލުން މި ކުރެވޭ ފާފަތަކަށް އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށް ބޮޑަށް. މި ނިޢުމަތާ މެދުގަ ސުވާލު ކުރެވޭނެ ޤިޔާމަތް ދުވަހުގަ، ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދެއްވި ބޮޑު ނިޢުމަތާމެދުގަ. --- "ދެން ތިޔަބައިމީހުންނާ އެދުވަހުގަ އެކަލާންގެ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތްތަކާ ބެހޭގޮތުން ސުވާލުކުރެވޭނެތޭ." އެހެންމަ ނިޢުމަތެއް މީ ވަރަށްބޮޑު. އެހެންމަ ލޮލުގެ ނިޢުމަތާމެދުގަ ސުވާލު ކުރެވޭނެ ޤިޔާމަތް ދުވަހުގަ. އެހެންމަ އެ ހަރާން ބެލުންތައް އަޅުގަނޑުމެން ބަލައިގެން ނުވާނެ. ބެލުންތައް ތިރިކުރަން އަންގަވާފަ މިއޮތީ. ފިރިހެނުންނަށްވެސް އަންހެނުންނަށްވެސް. --- ޤުރުއާނުގަ ﷲ ވަޙީ ކުރައްވަނީ " ކަލޭގެފާނު މުޢުމިނު ފިރިހެންތަކުންނަށްވެސް ވިދާޅުވާށޭ އެބައިމީހުންގެ ބެލުންތައް ތިރި ކުރުމަށް." --- " އަދި މުއުމިނު އަންހެންތަކުންނަށްވެސް ކަލޭގެފާނު ވިދާޅުވާށޭ އެކަނބަލުންގެ ބެލުންތައްވެސް ތިރިކުރާށޭ،" މާނައަކީ ހަރާމް ބެލުންތައް ނުބަލާށޭ.  

- ޝައިޚް މުޙައްމަދު އިބްރާހީމް

 

 

 

މިއަދު އޮންލައިން