ޙައިޟުގެ ލޭއައުން ހުއްޓި ރަނގަޅުމުން (ޙައިޟުން ޠޯހިރުވުމަށް) ހިނައި ނުގަނެ ދެމަފިރިންނަށް އެއްދާން ކުރެވިއްޖެނަމަ ހިނައިގަންނަންޖެހޭ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. ދެ ހިނެއިން އެއްފަހަރާ ބޯމަތިވުމުން ކަންތައްކުރަންޖެހޭނެ ގޮތަކާއިމެދުގައެވެ.
"ޙައިޟުގެ ލޭ ރަނގަޅުވީ ނަމަވެސް ޖިމާޢު ވާންވާނީ ހިނައި ގަނެފައެވެ. ހިނައި ނުގަނެ ޖިމާޢޫވެއްޖެނަމަ ކައްފާރާ ދޭންޖެހޭނެއެވެ. އަދި ދެކަންތައް އެއްކޮށް ހިތުން ނިޔަތް ގަނެ ހިނައި ގަންނާނީއެވެ."
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް
މިބާވަތުގެ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ. އަދި ކަންކަން މެދުވެރިވާ ގޮތަކުން ރަނގަޅު ނޫން ގޮތަކަށް ކުރެވުނަސް ކައްފާރާދީ މައްސަލަ ނިންމަންވާނެއެވެ. ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަން މަސައްކަތްކުރަންވާނެއެވެ. ކިޔަމަންތެރިވުމަކީ އެއީއެވެ.