ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި ﷲގެ ޙަޟްރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ޙާލު، އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ."
ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިނބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ ބުހުތާނު ދޮގެކެވެ."
(އަންނޫރު: 15،16)
އެފަދަ ވާހަކައެއްގެ އަޑުއިވިއްޖެނަމަ ވާހަކަ ދެއްކި މީހާއާއި ހުރިކަމަށް، އޭނާގެ ދަރަޖައަށް އަދި ތަނަވަސްކަމަށް ވިޔަސް ނުބަލާށެވެ! ﷲ ތަޢާލާގެ މަގުގައި ޙައްޤުބަސްބުނާށެވެ! ﷲ ތަޢާލާ ބަޔާންކުރައްވަވާފައިއެވަނީ އެކަން އެގޮތަށް ކުރުމަށެވެ. ވީމާ ﷲ ތަޢާލާ ކަމެއް ކުރަން އެންގެވުމުން މީހާގެ ދަރަޖައަށް، ޙައިޞިއްޔަތަށް ބަލައި ފަސްނުޖެހޭށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާށެވެ! ކުރާ ފައިދާ ބޮޑުވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުންވަނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން