ޚުޠުބާ: ދައުލަތުގެ އެންމެ އިސްވެރިންވެސް ހިމެނޭހެން މަސްއޫލިއްޔަތު ޙަވާލުވެފައިވާ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއަކަށްވާންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
ޚުޠުބާ: ދައުލަތުގެ އެންމެ އިސްވެރިންވެސް ހިމެނޭހެން މަސްއޫލިއްޔަތު ޙަވާލުވެފައިވާ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއަކަށްވާންޖެހޭ!

އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެކެވެ. އޭނާގެ މައްޗަށް ވާޖިބުތަކެއް ހުރި މީހެކެވެ. ރަސޫލުالله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلٌ عَنْ رَعِيَّتِهِ، فَالْأَمِيْرُ الَّذِيْ عَلَى النَّاسِ رَاعٍ عَلَيْهِمْ، وَهُوَ مَسْؤُوْلٌ عَنْهُمْ، وَالرَّجُلُ راَعٍ عَلَى أَهْلِ بَيْتِهِ، وَهُوَ مَسْؤُوْلٌ عَنْهُمْ، وَالْـمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ، وَهِيَ مَسْؤُوْلَةٌ عَنْهُمْ، وَعَبْدُ الرَّجُلِ رَاعٍ عَلَى بَيْتِ سَيِّدِهِ، وَهُوَ مَسْؤُوْلٌ عَنْهُ، أَلَا فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلٌ عَنْ رَعِيَّتِهِ)[1] މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ ބެލެހެއްޓުންތެރިއަކު އޭނާ ބަލަހައްޓާން ޖެހިފައިވާ ބަޔަކާ އަދި ކަމަކާމެދު މަސްއޫލުވާން ޖެހޭނެއެވެ. ފަހެ މީސްތަކުންގެ ވެރިމީހާއީ ބެލެހެއްޓުންތެރިއެކެވެ. އޭނާ، އޭނާގެ ރައްޔިތުންނާ މެދު މަސްއޫލުވާން ޖެހޭނެއެވެ. ފިރިމީހާއީ އޭނާގެ އަހުލުވެރީންގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އެއުރެންގެ މައްޗަށް މަސްއޫލުވާން ޖެހޭނެއެވެ. އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އެއުރެންގެ މައްޗަށް މަސްއޫލުވާން ޖެހޭނެއެވެ. އަޅުމީހާއީ، އޭނާގެ ސާހިބުމީހާގެ ގޭގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އޭނާގެ ސާހިބުމީހާއަށް ޖަވާބުދާރީވާން ޖެހޭނެއެވެ. ދަންނާށެވެ! ފަހެ ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ، ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާ ބަލަހައްޓާ ބަޔަކާ މެދު މަސްއޫލުވާން ޖެހޭނެ މީހެކެވެ."  

ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް اللهގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. ހަމަ އެ ފަދައިން ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި، އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ. މައިންބަފައިން، މުދައްރިސުން، އެކިއެކި އޮފީސްތަކުގެ ވެރީންނާއި މުވައްޒަފުން އެމީހުންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތާ މެދު ދުނިޔެއާއި އާޚިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެއެވެ.

މިއަދު އޮންލައިން