ތިބާގެ ތައުބާ ޤަބޫލުފުޅުކުރެއްވެވި ކަމުގެ ހެކިތަކުގެ ތެރެއިން ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތިބާގެ ތައުބާ ޤަބޫލުފުޅުކުރެއްވެވި ކަމުގެ ހެކިތަކުގެ ތެރެއިން ޢަލާމާތެއް!

އަހުރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެމީހުން އަޅުކަންކުރަން ބޭނުންވި ނަމަވެސް ތަފާތު ހުރަސްތައް އެޅި ކުރަން ބޭނުންވާ ވަރަށް އަޅުކަން ކުރެވޭ ބައެއް ނޫނެވެ. ނަމަވެސް އަނެއްބައަކީ ވަރަށް ފަސޭހައިން އަޅުކަންކުރުމުގެ ފުރުޞަތު ލިބިފައިވާ ބައެކެވެ. ވަޤުތާއި އެހެން ކަންކަން މަގުފަހިވެފައިވާ ބައެކެވެ. 

އަޅުކަންކުރާނެ ވަޤުތާއި އެހެންކަންކަން ފަހިވުން އޮތީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރި ވަރަކަށެވެ. ވީމާ ހުރަސްތަކެއް އެބަހުރި ކަމަށް ބަލައި އަޅުކަންކުރަން މަސައްކަތްނުކޮށް ތިބެން ހެޔޮނުވާނެއެވެ. މަސައްކަތްކުރިވަރަކަށް ކަންކަން ފަހިކޮށް ދެއްވަވާނެތެވެ. ހަމައެފަދައިން އަޅުކަންކުރަން މަގުފަހިވުމުން ނުކޮށް ތިބެންވެސް ހެޔޮނުވާނެތެވެ. އެއިރުން ވާނީ ﷲ ތަޢާލާ ދެއްވެވި ފުރުޞަތުގެ ބޭނުން ނުހިފާ މީހަކަށެވެ. 

ކުރެވިފައިވާ ފާފަތަކަށް ތައުބާވާ މީހުންނަށް ބުނެލަން އޮތީ ތައުބާވިފަހުން އިތުރަށް އަޅުކަންކުރަން ހިތްވަރުލިބި މަގުފަހިވާނަމަ އެއީ ﷲ ތަޢާލާ އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކުރެއްވެވި ކަމުގެ ހެއްކަކަށް ފުދޭކަމަށް ބެލެވޭ ކަމަށެވެ. ހަމައެއާއިއެކު ޢަމަލުތައް އިޞްލާޙްނުކުރެވޭނަމަ، އަދި އަޅުކަންކުރުމުގައި އިތުރަށް ކުރިއަށް ނުދެވޭނަމަ ތައުބާވުން ގިނަކުރާށެވެ! އަސްތަޣްފާރުކުރުން ގިނަކުރާށެވެ. 

ކޮންމެ މީހަކުވެސް ޔަޤީންކުރަން އޮތް ކަމަކީ އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެނަމަ އެމީހެއްގެ ތައުބާ ޤަބޫލުފުޅުކުރައްވަވާނެ ކަމެވެ. އެކަމަށް ﷲ ތަޢާލާ ވަނީ ވަޢުދުވެވޮޑިގެންފައެވެ. 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން