ޚުޠުބާ: މުއައްސަސާތަކުގެ ވެރިންނަށާ ދައުލަތުގެ އިސް މަޤާމުތަކުގަ ތިއްބަވާނަމަ ޒިންމާއާ މަސްއޫލިއްޔަތު ބޮޑުވެގެންދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޚުޠުބާ: މުއައްސަސާތަކުގެ ވެރިންނަށާ ދައުލަތުގެ އިސް މަޤާމުތަކުގަ ތިއްބަވާނަމަ ޒިންމާއާ މަސްއޫލިއްޔަތު ބޮޑުވެގެންދޭ!

ޒިއްމާދާރުވުމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމުގެ އިސް ވެރީންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޢަދުލުއިންޞާފު ޤާއިމުކުރާ މުއައްސަސާތަކާއި، ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ޤައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިޤްތިޞާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑެވެ. 

މީގެ އިތުރަށް ވިޔަފާރިވެރީންނަކީ ވެސް އެ މީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު އުފުލައި ޒިންމާ އަދާކުރާން ޖެހޭނެ ބަޔެކެވެ. އަހުރެމެން ކުރެ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާޞްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބަޔެކެވެ. އެ ފަދަ ފަރާތްތަކުން ވެފައިވާ ޢަހުދާއި ހުވަޔަށް ޙުރުމަތްތެރިކޮށްހިތާންވާނެއެވެ. އަހުރެމެން ކުރެ ކޮންމެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެއެވެ.

ޙަޤީޤަތުގައި ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ ފަރާތަކާ ޙަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވާށެވެ! ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެތީއެވެ. އެ ދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫނެވެ. ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫނެވެ.

 

މިއަދު އޮންލައިން