ބައްޔެއްގެ ސަބަބުން ނަމާދަށް ހުއްޓައި އިރުއިރުކޮޅުން ވައިބޭރުވާނަމަ މީހުން ނަމާދުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބައްޔެއްގެ ސަބަބުން ނަމާދަށް ހުއްޓައި އިރުއިރުކޮޅުން ވައިބޭރުވާނަމަ މީހުން ނަމާދުކުރާނެ ގޮތް-

ނަމާދަށް ހުންނައިރު ވައިލެވުމުގެ ކަންތައްތަކުގައި އެބައުޅޭ ނުހިފެހެއްޓޭ، ކޮންމެ ދެ މިނެޓަކުން ކަހަލަ ގޮތަކަށް ވައި ލެވޭމީހުން. ޑޮކްޓަރުންގެ ފަރުވާއިންވެސް މިކަމެއް ރަނގަޅެއް ނުވޭ. އެފަދަ ހާލަތުގައި ކިހިނެއްތޯ އެމީހާ ނަމާދު ޖަމާޢަތުގައި ކުރާނީ؟ 

އާދެ، އޭނާ މީސްތަކުންނަށް އުނދަގޫވާކަމުގަ ވަންޏާ އޭނަ ރަނގަޅީ ވަކިން ނަމާދު ކުރުން. އޭނަ ޢުޒުރެއް އެއީ ޖަމާޢަތާ ވަކިވުމުގެ ޢުޒުރެއް އެއީ، އެގޮތަށް ވައިލެވުން. އެއީ މީހުންނަށް ބައެއް ފަހަރު އެ ވަހުގެ ސަބަބުން އުނދަގޫ ވާކަމުގައި ވާނަމަ އޭނާ ވަކިން ނަމާދު ކުރާނީ. އެއީ ޢުޒުރެއް އެއީ އޭނާއަށް ޖަމާޢަތާ ވަކިވުމުގެ. އެއީ ކޮންމެގޮތެއް ވިޔަސް މީހުންގެ ތެރެއަކަށް ނުވެއް ނިކުމެވޭނެ އެގޮތަށް ވަސް ދުވާ ކަމުގަ ވަންޏާ. މީހުންނަށް ބޮޑު ތަކުލީފަކަށް ވާނީ.  

އަނެއްކާ އަޑު ކިޔާކަމުގަ ވަންޏާވެސް އެވެސް ބޮޑު ތަކުލީފެއް މީހުންނަށް. އެހެންމަ އޭނާ އެހެރީ ޢުޒުރުވެރި ވެފަ. އެހާލަތުގަ އޭނާ ދެ ނަމާދު އެއްކޮށް ޖަމްޢުވެސް ކުރެވޭނެ އޭނާއަށް. އެކަމަކު ޖަމްޢު ކުރަންޏާ އެ ދެނަމާދަށް ވުޟޫ ކުރަންޖެހޭނެ. އެއް ވުޟޫއިން ވާނެ ދެނަމާދަށް. ދެން ވަކިވަކިން ނަމާދު ކުރަންޏާ ކޮންމެ ނަމާދަކަށް ވުޟޫ ކުރަންޖެހޭނެ.  

(ޝައިޚް މިދަރުސްގައި ވިދާޅުވެފައި އެވަނީ ފޫކޮޅުން ވައިބޭރުވާ މީހުން ޢަމަލުކުރަން އޮތް ގޮތެވެ.)  

- ޝައިޚް މުޙައްމަދު އިބްރާހީމް

މިއަދު އޮންލައިން