ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ތެރެއިން: ޤިޔާމަތް ދުވަހު ފެންނަ ކަންކަމަށް ބިރުން ލޮލުން ލޭ އޮހޮރޭއިރުވެސް ލޯމަރައިވެސް ނުލެވޭނެ! ޖެހޭނީ ލޯހުޅުވައިގެން ހަމަބަލަން ހުންނަން!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ތެރެއިން: ޤިޔާމަތް ދުވަހު ފެންނަ ކަންކަމަށް ބިރުން ލޮލުން ލޭ އޮހޮރޭއިރުވެސް ލޯމަރައިވެސް ނުލެވޭނެ! ޖެހޭނީ ލޯހުޅުވައިގެން ހަމަބަލަން ހުންނަން!: ބިލާލް އައްސަދު

ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ބޮޑުކަމުގެ ވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީ އެވާހަކަތަކަށް ވިސްނައި ހިތުގައި ބިރުވެރިކަން އުފެދިގެން ނޫނީ ޤިޔާމަތް ދުވަހާއިމެދު ބިރުވެތިނުވެވޭނެތީއެވެ. ނަރަކައިން ސަލާމަތްވާން ކުރަންޖެހޭ މަސައްކަތް ނުކުރެވޭނެތީއެވެ.  

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހަކީ ބިރުވެރި އެތައް ހާސަކަމެއް ފެނިގެންދާނެދުވަހެކެވެ. އެއީ ދުނިޔޭގައި މިފެންނަފަދަ ދުވަހެއް ނޫނެވެ. އަނދިރިކަމާ ނާމާންކަމުން ފުރިގެންވާ ދުވަހެވެ. މީސްތަކުން މަޙްޝަރު ކުރައްވަވާނީ އެކިޙާލަތުގައެވެ. މަޙްޝަރުގެ ބިމުގައި ޙިޞާބު ބެއްލެވުމުގެ އިންތިޒާރީގައި ތިބޭއިރުވެސް ގިނަ ބައަކަށްދާނީ ގަދަފަދަ ޢަޛާބުތައް ލިބެމުންނެވެ.   

މީސްތަކުންނޭވެ! މިދުނިޔޭގައި އަހަރެމެންގެ ލޯތަކަށް ނުދައްކަވާ އެތައް ކަމެއް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދައްކަވާނެތެވެ. ޖިންނި ޝައިޠާނުންތައް ފެންނާނެއެވެ. ބިރުން މީހާ ފުނޑުފުނޑުވެގެން ދިއަ ނަމަވެސް އެއްވެސް މީހަކު މަރެއް ނުވާނެއެވެ. ހެއެއްވެސް ނުނެތޭނެތެވެ. ޖެހޭނީ ހަމަ ބަލަން ހުންނާށެވެ. ހަށިގަނޑަށް ހުރިހާ ކަމެއް މިދުނިޔެއަށްވުރެ މާބޮޑަށް އިޙްޞާޞް ކުރެވޭނެއެވެ."  

"ބިރުންތިބެ ހަލާކުވަމުންދާއިރު ކާފަރުން އަލުން ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުން އެދި ރޮއި އާދޭސްކުރާނެއެވެ. ކަރުނަ އަޅާނެތެވެ. ކަރުނައަޅަމުން ގޮސް ލޮލުން ލޭ އަންނަމުންދާނެއެވެ. ނަމަވެސް ދެވަނަ ފުރުޞަތަކީ އެއްވެސް މީހަކަށް ދެއްވަވާނެ ފުރުޞަތެއް ނޫނެވެ."  

މީސްތަކުންނޭވެ! ދުނިޔޭގައި ހޭދަކުރާ ޙަޔާތުގައި ﷲ ތަޢާލާވަނީ މީސްތަކުންނަށް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެ އިޚްތިޔާރުތަކުގެ ބޭނުން އެމީހަކު ބޭނުންވާ ގޮތަކަށް ބޭނުންކުރެވިދާނެއެވެ. ބިރުވެތިވެތިނުވެ ތިއަބައިމީހުންގެ ގުނަވަންތަކުން ފާޙިޝް ޢަމަލުތައް ކުރެވިދާނެއެވެ. އަތްތަކުން ވައްކަން ކުރެވިދާނެއެވެ. ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރެވިދާނެއެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިދާނެއެވެ. ދޮގުބުނެ މަކަރާޙީލަތްހެދިދާނެއެވެ.  

އެހެންކަމާއިއެކުވެސް އެދުވަހު އެކަންކަން ނުކުރާ ކަމަށް ދަންނަވާނެއެވެ! ނަމަވެސް އަތްތަކާއި ދުލާއި އެކަމެއްކުރި ގުނަވަންތައް ވާހަކަ ދައްކައި ކުރި ހުރިހާ ކަންކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ހެކި ދޭނެއެވެ.  

އިންސާނާ ގޮތް ހުސްވުމުން އޭނާގެ ގުނަވަންތައް ކުށްވެރިކުރާނެއެވެ. ބުނާނެއެވެ. "އަހުރެން މިހުރިހާ މަސައްކަތެއް މިކުރީ ތިއަ ގުނަވަންތައް ނަރަކައިން ސަލާމަތްކުރާށެވެ! އެކަމަކު އަމިއްލައަށް ތިއަ އިޢްތިރާފްވީއެވެ."  

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހުގެ ވާހަކަތައް ގިނަގިނައިން ކިޔާށެވެ! ހިތަށް ބިރުވެރިކަން ވެއްދޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ފާފަކުރުމަށް ބިރުގަނެ ދުރުހެލިވެވޭނީ އެއިރުންނެވެ. އަޅުކަން ކުރުން ގިނަ ކުރުމަށް ޝައުޤުވެރިކަން އިތުރުވާނީވެސް އެއިރުންނެވެ. ނަރަކައިން ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ ޤިޔާމަތް ދުވަހުގެ ޢަޛާބަށް ބިރުވެތިވުމެވެ.

 

- ބިލާލް އަސްއަދުގެ ދަރުސަކުން 

މިއަދު އޮންލައިން