ކުރެވޭ ނުބައި ޢަމަލުތައް ޤިޔާމަތް ދުވަހު ނެތިވެފައިވަނިކޮށް ފެންނަން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ކުރެވޭ ނުބައި ޢަމަލުތައް ޤިޔާމަތް ދުވަހު ނެތިވެފައިވަނިކޮށް ފެންނަން ބޭނުންހެއްޔެވެ؟

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"ހަމަކަށަވަރުން ޤިޔާމަތް ދުވަހު ފަރުބަދަތައް ވަރުގެ ހެޔޮ ކަމާއިގެން އަޅަކު އަންނާނެއެވެ. އެހެނަސް އޭނާއަށް ފެނިގެންދާނީ އޭނާގެ ދުލުގެ ސަބަބުން އެ ހުރިހާ ހެޔޮކަމެއް ނެތި ގޮސްފައިވާ ކަމެވެ. 

އަދި ފަރުބަދަތައް ވަރުގެ ނުބައިކަންތައް ހިފައިގެންވެސް އަޅަކު އަންނާނެއެވެ. އެހެނަސް އޭނާއަށް ފެނިގެންދާނީ އޭނާގެ ދުލުން، ގިނަގިނައިން ﷲގެ ޛިކުރު ކޮށްފައިވާތީ އަދި އެކަމާ ގުޅުން ހުރި ޢަމަލުތައް ކޮށްފައިވާތީ އެ ނުބައި ކަންތައްތައް ނެތި ގޮސްފައިވާ ކަމެވެ." 

"الداء والدواء لابن القيم (ص: ٣٧٥)"

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން