އިމާމް މީހާ އެހެން ރުކުނަކަށްދާފަހުން ޖަމާޢަތާ ގުޅޭ މީހުން ޢަމަލުކުރަން އޮތް ގޮތް-: ޝައިޚް މުޙައްމަދު އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
އިމާމް މީހާ އެހެން ރުކުނަކަށްދާފަހުން ޖަމާޢަތާ ގުޅޭ މީހުން ޢަމަލުކުރަން އޮތް ގޮތް-: ޝައިޚް މުޙައްމަދު އިބްރާހީމް

ނަމާދު ޖަމާޢަތުގަ ނަމާދު ކުރެވޭއިރުގަ އިމާމުމީހާ ހާލަތެއްގަ އޮވެއްޖެއްޔާ އެ ހާލަތަކަށް ދާށޭ އޮތީ "ﷲ އަކްބަރު" ކިޔާފަ، (ތަކްބީރަތުލް އިހްރާމް) ހަށަމްބަންނަ ތަކްބީރު. ހަށަމް ބަންނަ ތަކްބީރު ކިޔާފަ އޭނާ ޖެހޭނީ އިމާމު މީހާ އެ އޮތް ހާލަތަކަށް ދާން.  

ބައެއް މީހުންނަށް ހީވަނީ ހަމަ ނަމާދު ފަށަން ޖެހޭނީ ހަމަ ހަށަމް ބަނދެފައޭ، ނަމާދު ފަށަން ޖެހޭނީ. އެ އިމާމު މީހާ ވަރިހަމައޭ ސަޖިދައިގަ އޮތަސް. ދާގޮތަށް ގޮސް ޖަމާޢަތުގަ ބައިވެރިވަންޏާ ފުރަތަމަ ޖެހޭނީ ހަށަމޭ ބަންނަން. މިހާރު އިމާމު މީހާ އެއޮތީ ސަޖިދައިގަ. ސަޖިދައިގަ އޮއްވަ އޭނާ ހަށަމްބަނީމަ އިމާމު މީހާއަކަށް އޭނަ ތަބާއެއް ނުވެވޭ. 

ރަސޫލުﷲ ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ -- " އިމާމު މީހާ ބެހެއްޓީފަ އެހެރީ އިމާމު މީހާއަށް އިބްތިދާ ވުމަށްޓަކައޭ." -- " އޭނާ (ތަކްބީރަތުލް އިހްރާމް) ހަރަމްބަން ތަކްބީރު ކިޔައިފިނަމަ ތިޔަބައިމީހުންވެސް ހަރަމްބަން ތަކްބީރު ކިޔާށޭ." -- ރުކޫއަށް ގޮއްސިއްޔާ ރުކޫއަށް ދާށޭ." --- " އޭނާ ސަޖިދައަށް ދިޔައީމަ ސަޖިދައަށް ދާށޭ."  

އެގޮތަށް އިމާމު މީހާއަށް ތަބާވާން މިޖެހެނީ. އިމާމު މީހާ އޮތް ހާލަތަކަށް އަޅުގަނޑުމެން ދާން ޖެހޭނީ ނަމާދަށް ވަންނަ ތަކްބީރު ކިޔާފަ. ނަމާދަށް ވަންނަ ތަކްބީރަށް މިކިޔަނީ ހަށަމް ބަން ތަކްބީރޭ. އެ ތަކްބީރު އެއީ ނަމާދު ގެ ފަރުޟެއް، ރުކުނެއް. ހަށަމް ބަން ތަކްބީރަކީ ނަމާދުގެ ރުކުނެއް. އެ ތަކްބީރު ކިޔާފަ ނަމާދުގެ ތެރެއަށް އަޅުގަނޑުމެންނަށް ވަދެވޭނީ. އެހެންމަ އެ ތަކްބީރަށް އެބަ އޮވޭ އަތް އުފުލުން ދެ ކޮނޑާ ހަމައަށް. ނުވަތަ ދެ ކަންފަތާ ހަމައަށް. އަތް އުފުލުން އެބައޮވޭ. އަތް އުފުލާފަ ހަށަން ނުބަނދެ އޭނަ ދާނީ އިމާމު މީހާ އޮތް ހާކަތަކަށް. 

ރުކޫގަ އޮއްވަ އޭނާއަށް ދެވިއްޖެއްޔާ އޭނަ ދާނީ ރުކޫއަށް "ﷲ އަކްބަރު" ކިޔާފަ ދެއަތް ނަގާފަ. ދެއަތް ނަގާފަ ހަށަމެއް ނޫން އޭނަ ބަންނާނީ އެތާކު. ދެއަތް ކަންފަތާ ހަމައަށް ނުވަތަ ކޮނޑާ ހަމައަށް އުފުލާފަ އޭނަ ދާނީ ރުކޫއަށް. އެ ރުކޫ އޭނައަށް ލިބިއްޖެއްޔާ އެ ރަކްޢަތް އޭނައަށް ލިބިއްޖެ. އިމާމު މީހާ ސަޖިދައިގަ އޮއްވަ އޭނައަށް ދެވިއްޖެއްޔާ "ﷲ އަކްބަރު" ކިޔާފަ އަތް އުފުލާފަ ދެކަންފަތާ ހަމައަށް ނުވަތަ ދެ ކޮނޑާ ހަމައަށް އޭނަ އަތް އުފުލާފަ އޭނަ ދާނީ ސަޖިދައަށް، ހަށަމެއް ނޫން އޭނަ ބަންނަނީއެއް. އޭނަ ދާނީ ސަޖިދައަށް، އެ ރަކުޢަތެއް އޭނައަކަށް ނުލިބޭނެ. އެ ރަކުޢަތެއް ނުވެއް ހިމެނޭނެ އޭނާއަކަށް. އެ ރަކުޢަތް ޖެހޭނެ ފަހުން އަނބުރާ ކުރަން. އެއީ ރުކޫ ނުލިބިއްޖެއްޔާ ރަކުޢަތެއް ނުލިބޭނެ. އެންމެ ކުޑަވެގެން އެންމެ މަދު މިންވަރަކަށް ރުކޫ ލިބެން ޖެހޭނެ. އޭރަށް ރަކުޢަތް މި ލިބެނީ.  

އެހެންމަ ސަޖިދައިގަ އޮއްވަ ދެވިއްޖެއްޔާ ސަޖިދައަށް ދަނީ. ހަށަމެއް ނޫން ބަންނަނީއެއް. ގިނަ މީހުން ހަމަ ހަށަން ބަންނަނީ. އެއީ ހަމަ އަޅުގަނޑުމެންނަށް ފެންނަ މަންޒަރެއް އެއީ ހަމަ އިމާމު މީހާ ކޮންމެ ހާލަތެއްގަ އޮތަކަސް، ފުރަތަމަ އެއަންނަ ގޮތަށް އައިސް ހަމަ " ﷲ އަކްބަރު" ކިޔާފަ ހަށަން ބަންނާނީ. މިހާރު އިމާމު މީހާ އޮތް ހާލަތަކަށް ދާން އަންގަވާފަ އޮތީ ހަށަމްބަން ތަކްބީރު ކިޔާފަ. ހަށަމް ބަން ތަކްބީރާ އެއްކޮށް އަތް ނަގަން ޖެހޭނެ. އަތް ނަގާފަ އޭނާ  ދާނީ، އެކަމަކު ހަށަމެއް ނޫން ބަންނާނީއެއް. އިމާމު މީހާ އޮތް ހާލަތަކަށް އޭނަ ދާނީ. ދެން ރުކޫ ލިބިއްޖެއްޔާ ރަކުޢަތް ލިބޭނެ. ރުކޫ ނުލިބިއްޖެއްޔާ ރަކުޢަތެއް ނުލިބޭނެ. އެ ރަކްޢަތް ޖެހޭނީ ފަހުން އަނބުރާ ކުރަން އޭނަ.  

- ޝައިޚް މުޙައްމަދު އިބްރާހީމް

މިއަދު އޮންލައިން