ފޭރާއި ފޭރު ފަތުން ޕީރިއަޑްވުމާ ގުޅިގެން އަންނަ ބަދަލުތަކަށާ ހަކުރުބައްޔަށާ ހިތުގެ ދުޅަހެޔޮކަމަށާ ޙަޖަމްވުން ފަސޭހަވުމަށާ އަދިވެސް އިތުރު އެތައް ފައިދާތަކެއް!

ކިޔުމަށް ހޭދަވާނީ 2މ 18ސ
ފޭރާއި ފޭރު ފަތުން ޕީރިއަޑްވުމާ ގުޅިގެން އަންނަ ބަދަލުތަކަށާ ހަކުރުބައްޔަށާ ހިތުގެ ދުޅަހެޔޮކަމަށާ ޙަޖަމްވުން ފަސޭހަވުމަށާ އަދިވެސް އިތުރު އެތައް ފައިދާތަކެއް!

އުންމު ނަވާރު

 

އަޅުގަޑުމެން ދިވެހިންގެ މެދުގައި މަޤްބޫލު ފޭރަކީ އޭގެން އެތައް ގިނަ ފައިދާއެއް ލިއްބައިދޭ މޭވާއެކެވެ. ފޭރުގެ އަގުވެސް ވަނީ ކުރިޔާ އަޅާބަލާއިރު އެތައް ގުނައަކަށް އުފުލިފައެވެ. 

ފޭރުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި: 

1. ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވުން

ފޭރުގައި އެކުލެވޭ އެންޓިއޮކްސިޑެންޓް އަދި ފައިބަރއިން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ. ދިރާސަތަކުން ދައްކާގޮތުން ފޭރު ފަތުގެ އެކްސްޓްރެކްޓްސް ބޭނުން ކުރުމުން އިންސުލިން ރެސިސްޓެންސް ރަނގަޅުވުމަށް މަގުފަހިވެ ލޭގައި ހަކުރު ހުންނަ މިންވަރު ދިގު މުއްދަތަކަށް ރަނގަޅު ކުރެވިދާނެކަމަށް ފެނެއެވެ. 

2. ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވުން

ފޭރުގައި އެކުލެވޭ ގިނަ އެންޓިއޮކްސިޑެންޓް ކޮންޓެކްޓްގެ ސަބަބުން ހިތް ފްރީ ރޭޑިކަލްގް ސަބަބުން ހަލާކުވެދިއުމުން ރައްކާތެރިކޮށްދެއެވެ. ޕޮޓޭޝިއަމްއާއި ފައިބަރއިން މުއްސަނދި ފޭރުން ލޭގެ ޕްރެޝަރ ދަށްކޮށްދިނުމަށް އެހީތެރިވުމުގެ އިތުރުން ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ކްލޮސްޓްރޯލްވެސް ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.  

3. ޕީރެޑްވުމާއި ގުޅިގެން އަންނަ ތަދަށް އެހީއެއް

ފޭރު ފަތުގައި އެކުލެވޭ އެންޓި-އިންފްލެމޭޓަރީ މާއްދާގެ ސަބަބުން ޕީރެޑްވުމާއި ގުޅުގެން އަންނަ ތަދުތައް ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގަވައިދުން ފޭރު ފަތުގެ އެކްސްޓްރެކްޓްސް ބޭނުން ކުރާނަމަ ޕީރަޑް ވުމާއި ގުޅިގެން އަންނަ ތަދު ވަރަށް ބޮޑުތަނުން ލުއި ކޮށްދެއެވެ.  

4. ހަޖަމް ކުރުމަށް އެހީތެރިވުން

ފޭރަކީ ފައިބަރ ގިނައިން އެކުލެވޭ މޭވާއެކެވެ. ފައިބަރ ގިނައިން އެކުލެވޭ ކާނާ ކެއުމުން ބަނޑުހަރުވުން ރަނގަޅުކޮށްދީ ފާހާނާ ކުރުމަށް އެހީތެރިވެދެއެވެ. ފޭރު ކެއުމުން ހަޖަމް ކުރުމަށް އެހީތެރިވެދެއެވެ. ފޭރު ފަތުގެ އެކްސްޓްރެކްޓްގައި އެކުލެވޭ އެންޓިމައިކްރޯބިއަލް އިފެކްޓްސް ސަބަބުން ބޭރަށް ހިންގުމަށް މަގުފަހިކުރުވާ ގޮހުރުގައި އުފެދިފައިވާ ގެންލުން ހުންނަ ބެކްޓީރިއާ މަރާލައެވެ. މިކަމުގެ ސަބަބުން ގޮހޮރުގެ ދުޅަހެޔޮކަމާއި ހަޖަމުވުން ރަނގަޅުވެއެވެ. 

5. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށް އެހީތެރިވުން

ފޭރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވެއެވެ. ހަށިގަނޑުގައި އުފެދޭ އެކި ކަހަލަ އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތް ކުރާ ވައިޓް ބްލަޑް ސެލް އުފައްދައި ދިނުމަށް ވިޓަމިން ސީ އެހީތެރިވެދެއެވެ.

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.

ލިޔުނީ: އުންމު ނަވާރު

މަސްދަރު

https://www.carehospitals.com/blog-detail/benefits-of-eating-guava/

 

މިއަދު އޮންލައިން