މުސްލިމުންނަށް ދެއްވަވާފައިވާ ޚާއްޞަ ހެޔޮކަން ނަގައިނުލަމާތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މުސްލިމުންނަށް ދެއްވަވާފައިވާ ޚާއްޞަ ހެޔޮކަން ނަގައިނުލަމާތޯ؟

"މޫމިނުންގެ ކަންތަކަކީ ޢަޖައިބެއްފަދަ ކަމެކެވެ. އޭނާގެ ހުރިހާ ކަމަކީވެސް ހެވެވެ. އެއީ މޫމިނުން ފިޔަވާ އެހެން ބަޔަކަށް އޮތްކަމެއް ނޫނެވެ. އުފާވެރިކަމެއް މެދުވެރިވެއްޖެނަމަ ޝުކުރުވެރިވެއެވެ. އެގޮތް އޭނާއަށް ހެޔޮވެގެންވެއެވެ. ހިތާމަވެރިކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. އެގޮތް އޭނާ އަށް ހެޔޮވެގެންވެއެވެ." (ރަވާހު މުސްލިމް.) 

މި ޙަދީޘްފުޅަށް ވިސްނައިލާށެވެ! ނިޢުމަތެއް ދެއްވަވައިފިނަމަ އެކަމަށް ޝުކުރުވެރިވުމަކީވެސް ހެޔޮކަން ލިބެން އޮތްމަގެކެވެ. އަދި ހިތާމަވެރިކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވުމަކީވެސް ހެޔޮކަން ލިބެން އޮތް މަގެކެވެ. ނަމަވެސް އެއީ މުސްލިމުންނަށެވެ. 

މިއަދު ގިނަ ބައަކު މިއުޅެނީ ލިބޭ އާމްދަނީން މަދުވެލިނަމަވެސް، ބައްޔެއްގައި އުޅެންޖެހުނަސް އަދި ކުރަން އުޅޭކަމެއް ކާމިޔާބުނުވިނަމަވެސް ކެތްތެރިކަން ކޮޅުލައިގެންނެވެ. އެގޮތަށް އެކަންކަން ވިޔަނުދޭށެވެ! ކެތްތެރިވެލާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވެލާށެވެ! "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކު" ކަމަށް އޮތް ވަޙީބަސްފުޅު ހިނދުކޮޅަކަށްވެސް ހަނދާނުން ފުހެނުލާށެވެ! 

ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުން އަދި ހިތަށް ނުތަނަވަސްކަން ލިބުންވެސް ވަނީ ދުނިޔޭގެ ސުންނަތުގެ ތެރެއިންނެވެ. އެކަން ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ ހަމަޖެހިލައިގެން އުފަލުގައެވެ. އިން ޝާ ﷲ

 

 

މިއަދު އޮންލައިން