ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ކާފިރަކު ކަމުގަވާނަމަ އޭނާގެ ޖަނާޒާގަ ބައިވެރިވެ އެމީހުންކުރާ ކަންކަމުގަ ބައިވެރިވުމަކީ ޝިރުކުގެ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ކާފިރަކު ކަމުގަވާނަމަ އޭނާގެ ޖަނާޒާގަ ބައިވެރިވެ އެމީހުންކުރާ ކަންކަމުގަ ބައިވެރިވުމަކީ ޝިރުކުގެ ޢަމަލެއް!

އަޅުގަނޑަކީ ބޭރު ޤައުމެއްގައި ކިޔަވަމުން އަންނަ ދަރިވަރަކީމެވެ. އެެހންވެ ގާތް އެކުވެރިންގެ ޢާއިލާގެ މީހުން މަރުވުމުން ޖަނާޒާތަކުގައި ބައިވެރިވާން އެބަޖެހެއެވެ. މިއީ މުސްލިމުންނަށް ހުއްދަ ކަމެއްތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.  

ޖަނާޒާއަކީ އަޅުކަމެކެވެ. އެހެންކަމުން ކާފަރެއްގެ ޖަނާޒާގައި، އޭނާގެ ދީނުގެ މީހުންކުރާ ކަންކަމުގައި (ދުޢާކުރުމާއި އެނޫންވެސް އެފަދަ ކަންކަމުގައި) ބައިވެރިވާ މީހާ އެބައިވެރިވަނީ އެމީހުންނާއިއެކީ އެޝިރުކުގައެވެ. އެހެނީ އެމީހުން ދުޢާކޮށް ހަދަނީ ﷲ ފިޔަވައި އެހެން ފަރާތްތަކަށެވެ.  

ކާފަރެއްގެ ޖަނާޒާގައި ބައިވެރިވެވިދާނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންވެސް އެކަން ހުއްދަ ކުރައްވާފައިވަނީ ޝަރުޠުތަކާއި އެކުއެވެ. އެއީ އެމީހެއްގެ މަންމަ ބައްޕަ ފަދަ ގާތްތިމާގެ މީހެއްކަމުގައި ވާނަމަ އެކަނިކަމަށާއި އަދި އެމީހުންގެ އަޅުކަމުގެ އެއްވެސް ކަމެއްގައި ބައިވެރިނުވެ އެމީހުންނާއި ވަކިން އެއްފަރާތެއްގައި ހުރެގެންނެވެ. 

ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

﴿وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ﴾ (سورة التوبة: 84) 

"އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެއިލާހުގެ ރަސޫލާއަށް ކާފިރުވޫއެވެ. އަދި އެއުރެން މަރުވީ، ފާސިޤުން ކަމުގައިވާ ޙާލުގައެވެ."

- ޝައިޚް އާދަމް ނިޝާން ޢަލީ  

މިއަދު އޮންލައިން