އަޅުކަމަކީ ހަމައެކަނި މިސްކިތުގަ ކުރާ އަޅުކަމެއް ނޫން! ޢާއިލީ ޒިންމާ އަދާކުރުމަކީވެސް އަޅުކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަޅުކަމަކީ ހަމައެކަނި މިސްކިތުގަ ކުރާ އަޅުކަމެއް ނޫން! ޢާއިލީ ޒިންމާ އަދާކުރުމަކީވެސް އަޅުކަން!

ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. އެހެނީ ހުރިހާ ކަމަކުން ފުރިހަމަ ހަމައެކަކުވެސް ނުހުންނާނެކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އަދި ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހަކުކަންވެސް އެނގެން އެބައޮތެވެ.

ނަމަވެސް އެންމެ ހެޔޮލަފާ މީހުންގެ ތެރެއިން ވުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ. އެކަމަށް ކުރަންޖެހޭ ކަމަކީ ގިނަގިނައިން ތައުބާވާ މީހަކު ކަމުގައިވުމެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ.  

ބައެއް މީހުންނަށް ވިސްނެނީ މިސްކިތަށް ގޮސް ގިނައިން އަޅުކަންކުރެވޭނަމަ އެއޮތީ ހުރިހާ ކަންކަން ފުރިހަމަވެފައި ކަމަށެވެ. އެމީހުން އަޅުކަން މާނަކުރަނީ ރަނގަޅަކަށް ނޫނެވެ. މިހެން ބުނަން މިޖެހެނީ އަޅުކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން އެމީހުން ނުކޮށް ދޫކޮށްލާތީއެވެ.  

މިދައްކަނީ ޢާއިލީ ޒިންމާތަކުގެ ވާހަކައެވެ. އަނބިދަރިންނާއި މައިންބަފައިންގެ ޒިންމާތަކުގެ ވާހަކައެވެ. އެޒިންމާތައް އަދާކުރުމަކީވެސް ހަމަ އަޅުކަމެވެ.  

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުކަންކުރެއްވެވި ވަރާއި ގާތަކަށްވެސް އަހުރެމެން އެކަކަށްވެސް އަޅުކަމެއް ނުކުރެވޭނެއެވެ. އެހައި ގިނައިން އަޅުކަން ކުރައްވަވަމުންވެސް ޢާއިލީ ޒިންމާތައް އަދާކުރެއްވެވިއެވެ. އަހުރެމެންނަށް އޮތީ އެސުންނަތް ދެމެހެއްޓުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން