ފިރިމީހާ ނުލައި ގެއިން ބޭރަށް ދާން ބޭނުންނުވާ އަންތބަކު މިޒަމާނުގައި ލިބިއްޖެނަމަ އެލިބުނީ އަގުބޮޑު ޖަވާހިރެއް! އެފަދަ އަންތބަކު ލިބޭނީ ވަރަށް ނަޞީބުގަދަ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ފިރިމީހާ ނުލައި ގެއިން ބޭރަށް ދާން ބޭނުންނުވާ އަންތބަކު މިޒަމާނުގައި ލިބިއްޖެނަމަ އެލިބުނީ އަގުބޮޑު ޖަވާހިރެއް! އެފަދަ އަންތބަކު ލިބޭނީ ވަރަށް ނަޞީބުގަދަ މީހަކަށް!

ފިރިމީހާ ނުލައި ގެއިން ބޭރަށް ދާން ބޭނުންނުވާ އަންތބަކު މިޒަމާނުގައި ލިބިއްޖެނަމަ އެލިބުނީ އަގުބޮޑު ޖަވާހިރެކެވެ. ވަރަށް ނަޞީބުގަދަ މީހަކަށް ނޫނީ އެފަދަ އަންތބެއް ނުލިބޭނެއެވެ. ނަމަވެސް ބައެއް ފިރިންނަށް އެކަމެއް ނުވިސްނެއެވެ.  

މިހެން މިބުނަނީ އަނބިމީހާ އޭނާ ގޮވައިގެން ބާޒާރަށް ގޮސްލަން ނުވަތަ އެހެންތަނަކަށް ގޮސްލަން އެދުނަސް އެކަން ނުކުރަންވެގެން އެކުވެރިންނާއިއެކު ދިއުމަށް ބުނެ އެކުވެރިންނާއިއެކު ފޮނުވާތީއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.  

އެއްވެސް ޙާލެއްގައި މިބުނަނީ އަނބިމީހާއަށް އޭނާގެ އެކުވެރިންނާއިއެކު ބޭރަށް ގޮސްލުމުގެ ފުރުޞަތު ނުދިނުމަކަށް ނޫނެވެ. މިބުނަނީ ފިރިމީހާ އާއިއެކު ދާން ބޭނުންވުމުން އެކަން ނުކުރުމުގެ ވާހަކައެވެ.  

ކުރިމަތިވާ ކަމެއް ފާހަގަކޮށްލާނަމެވެ. އަނބިމީހާ ގޮވައިގެން ބޭރަށް ދާން ބޭނުންނުވާތީ އެކުވެރިންނާއިއެކު ފޮނުވާފައި ބޭރުގައި އުޅެމުން ކުރެވޭ ކަންކަމަށް އެބަ ޝަކުވާ ކުރެއެވެ. ތިމާ ހިތްހަަމ ނުޖެހޭ މީހަކާއި ވާހަކަ ދެއްކިޔަސް، ތިމާ ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކުރެވުނަސް އެބަ ރުޅި އާދެއެވެ. އެއީ ކޮން އިންޞާފެއް ހެއްޔެވެ؟ ތިބާ އަނބިމީހާ ގޮވައިގެން ދިއަނަމަ އެއިން ކަމެއް ނުހިނގާނެ ނޫންހެއްޔެވެ؟  

އެންމެ ރަނގަޅު ފިރިއަކީ އަނބިމީހާއަށް ޙިމާޔަތާއި ރައްކައުތެރިކަންދީ އަދި އަނބިމީހާގެ ކަންކަން ރަނގަޅަށް ބަލަހައްޓައިދޭ ފިރިއެކެވެ. އަދި އެކަންކަން ކުރުމަކީ ފިރިންގެ މައްޗަށް އޮތް މަތިވެރި ވާޖިބެއްވެސްމެއެވެ. ވީއިރު އެފަދަ މަތިވެރި ފިރިއަކަށްވާން ލިބޭ ފުރުޞަތު ނަގާލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟  

ތަކުރާރުކޮށްލާނަމެވެ. އަނބިމީހާ ގޮވައިގެން ބޭރަށް ގޮސްދޭން އެދުމުން އެކަން ކުރާށެވެ! އެކަްނ ކުރުމުން ހުރިހާ ގޮތަކުންވެސް ކުރާނީ ފައިދާއެވެ. ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ އަދި ޖެހޭ މައްސަލަތައް މަދުވެގެންދާނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން