އަންހެނުން އިސްތަށީގައި ކުލަ ޖެއްސުމާ އަޢުރަނިވާކުރެވޭނެ އެންމެ ކުޑަ މިންވަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އަންހެނުން އިސްތަށީގައި ކުލަ ޖެއްސުމާ އަޢުރަނިވާކުރެވޭނެ އެންމެ ކުޑަ މިންވަރު!

ފިރިމީހާ ރުހޭނަމަ އިސްތަށީގައި ކުލަ ޖެއްސިދާނެއެވެ. ނަމަވެސް ހުދު އިސްތަށި ކަޅުކުރުން ވަނީ މަނާވެގެންނެވެ. އަޢުރަ ނިވާކުރުމުގެ އެންމެ ކުޑަ މިންވަރަކީ މޫނާ ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ.

- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް  

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ؛ كَحَوَاصِلِ الْحَمَامِ، لَا يَرِيحُونَ رَائِحَةَ الْجَنَّةِ))

މާނައީ: "ކަޅުކުލައިން (ނުރައިގައި) ކުލަޖައްސާ ބަޔަކު ފަހުޒަމާނުގައި ވާނެއެވެ. ކޮތަރެއްގެ ދަށްބަނޑު ކަހަލައެވެ. އެބައިމީހުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭހުއްޓެވެ." 

އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ.[އެބަސްފުޅުގެ ތަރުޖަމާއީ: "އެންމެ ޞައްޙަ ގޮތަކީ: ކަޅުކުލައިން ކުލަޖެއްސުން ޙަރާމްވެގެން ވުމެވެ. އަދި ބުނެވެއެވެ. އެކަމުން ދުރުވެގަތުމުގެ ގޮތުން އެކަން މަކުރޫހަ ވެގެން ވެއެވެ. އަދި އެކަމުގައި އިޚްތިޔާރުކުރެވެން އޮތީ އެއީ ޙަރާމްކަމެއް ކަމުގައެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ މިބަސްފުޅަށްޓަކައެވެ. ((وَاجْتَنِبُوا السَّوَادَ)) "ކަޅުން ދުރުވެގަންނާށެވެ." ((شرح مسلم)) (14 / 80).

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން