އެންމެ ބުއްދިވެރިގޮތަކީ އަމިއްލަ ބޭނުމަށް ގެންގުޅޭ ގަހަނާއިންވެސް މުދަލުޒަކާތް ނެރުން! ސަބަބުތައް މިހުރީ!: ޝައިޚް މުޙައްމަދު އިބްރާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
އެންމެ ބުއްދިވެރިގޮތަކީ އަމިއްލަ ބޭނުމަށް ގެންގުޅޭ ގަހަނާއިންވެސް މުދަލުޒަކާތް ނެރުން! ސަބަބުތައް މިހުރީ!: ޝައިޚް މުޙައްމަދު އިބްރާމް

އަމިއްލަ ބޭނުމަށް ގެންގުޅޭ ގަހަނާއިން މުދަލުޒަކާތް ނެރެންޖެހޭނެތޯ؟ 

އާދެ، ގަހަނާއިން ޒަކާތް ނެރުމާއިމެދުގަ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފަ މިވަނީ އިޚްތިލާފު އުފެދިފަ. އޭގެ ދެކޮޅަށްވެސް އެބަހުރި ދަލީލު އައިސްފަ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ސާބިތު، އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވޭ ބޭނުންކުރާ ގަހަނާއިން ޒަކާތް ނުވެއެވެ. ބޭނުންކުރާ ގަހަނާއިން ޒަކާތެއް ނުވެއެވެ. ހަމަ އެކަލޭގެފާނުގެ އަރިހުން ސާބިތު، ޢައިޝަތުގެފާނު އެކަލޭގެފާނާ ސުވާލު ކުރައްވަނީ، ތިމަންނަމެން ގެންގުޅޭ ގަހަނާ، އޭތި ކަންޒަކަށް ވާނެތޯ؟ އެއީ ކަންޒަކަށް ވާނެތޯ އެކަމަނާ އެ ސުވާލު ކުރެއްވި ކީރިތި ޤުރުއާނުގަ އެބައިން އާޔަތެއް އައިސްފަ. އެ އާޔަތުގަ ﷲ މި ވަޙީ ކުރައްވަނީ -- " ރަނާ ރިހި ކަންޒުގެ ގޮތުގައި އެއްކޮށް، އޭގެން ޒަކާތް ނުނެރެ ތިބޭ މީހުންނަށް ކަލޭގެފާނު ވޭންދެނިވު ޢަޒާބުގެ ޚަބަރު ދެއްވަވާށޭ." --- " ޤިޔާމަތް ދުވަހުގަ އެތަކެތި ނަރަކައިގެ އަލިފާނުން ދޮންކުރެވި އެމީހުންގެ އަރިކަށިތަކުގައާއި ނިތްކުރިމަތީގައާއި ބުރިކަށިތަކުގައި އެއެއްޗިހި ތަތްކުރެވޭނެއެވެ. އަދި ބުނެވޭނެއެވެ، --- " އަދި ބުނެވޭނެއޭ، މީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ޖަމާކޮށްފައިވާ ކަންޒޭ މީ." -- " ތިޔަބައިމީހުން މި ޖަމާކުރި ކަންޒުގެ ރަހަ ނިކަން ތިޔަބައިމީހުން ދެކޭށޭ މިއަދު."  

އާދެ، މިގޮތަށް ކީރިތި ޤުރުއާނުގެ އާޔަތް އައިއްސަ އޮތީމަ، ޢައިޝަތުގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރައްވަނީ، ތިމަންނަމެން މި ގެންގުޅޭ ގަހަނާ އެ ކަންޒަކަށް ވާނެތޯ؟ އެހިނދު އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަނީ އޭގެން ޒަކާތް ނެރޭ ކަމަށް ވަންޏާއި އެ ކަންޒަކަށް ނުވާނެއެވެ. ޒަކާތް ބަރާބަށް ނެރޭކަމުގަ ވަންޏަކާ އެ ކަންޒަކަށް ނުވާނެއެވެ. 

ދެން އަދި އެއްދުވަހު ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް މީހަކު އައީ އޭނާގެ އަތުގަ އިން ތަނޑިގަނޑެއް، ރަނުގެ ތަނޑިގަނޑެއް، އޭނާގެ ދަރިފުޅުގެ އަތުގަ އިނީ ރަނުގެ ތަނޑިގަނޑެއް. ހަދީޘްފުޅު ކުރައްވަނީ އޭގެން ޒަކާތް ނެރެފިންހޭ، ދެން އެކަމަނާ ދެންނެވީ ނޫނެކޭ. ދެންނެވީ ކަނބުލޭގެ ރުހެންހޭ ޤިޔާމަތް ދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ތަނޑުގަނޑުގެ ބަދަލުގައި އަލިފާނުގެ 2 ތަނޑިގަނޑު އެކުއްޖާގެ އަތުގަ އެޅުއްވުމަށް. އެހިނދު އެކަމަނާ އެ ދެ ތަނޑިގަނޑު ނަގާ އެއްލާ ލެއްވި."  

އެހެންމެ މި ވަޢީދުވެސް އެބަހުރި އައިސްފަ، މި ގަހަނާއިން ޒަކާތް ނުދެއްކީމަ އެކަމުގެ މައްޗަށް ވަޢީދުވެސް އައިއްސަ އެބަހުރި. އެހެންމެ މީގަ ރައްކާތެރިވެގެންވާ ގޮތަކީ ގަހަނާއިންވެސް ޒަކާތް ދެއްކުން، އަދާކުރުން. އެއީ މިކޮޅަށްވެސް ދަލީލު އައިއްސަ ހުރީމަ އަދި ވަޢީދުގެ ބައެއް ބަސްފުޅުތައްވެސް އައިއްސަ ހުރީމާ ގަހަނާއިންވެސް ޒަކާތް ދެއްކުން ހަމަ އެންމެ ބުއްދިވެރި އަދި އެންމެ ރައްކާތެރި ގޮތަކީވެސް އެއީ.

 -ޝައިޚް މުޙައްމަދު އިބްރާހީމް  

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން (ޔަހޫދީންގެ) ޢިލްމުވެރިންގެ ތެރެއިންނާއި (ނަޞާރާއިންގެ) ފާދިރީންގެ ތެރެއިން، ގިނަ މީހުން، މީސްތަކުންގެ މުދާތައް ބާޠިލު ގޮތުގައި (އަތުލައި) ކައިއުޅެތެވެ. އަދި ﷲގެ މަގުން (މީސްތަކުން) ދުރުކުރެތެވެ. އަދި ރަނާއި ރިހި ޚަޒާނާ ކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ!" 

" (އެގޮތުގެމަތިން) އޭނާ، އެއްކޮށް ޚަޒާނާކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެތެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާ ކޮށް އުޅުނު ތަކެތީގެ ރަހަ ދެކެބަލާށެވެ!"

(އައްތައުބާ: 34،35)

 

މިއަދު އޮންލައިން