ނަމާދަށް ހުއްޓައި ތުއްތު ކުއްޖަކު އައިސް އުނދަގޫކުރިޔަސް ކަންބޮޑުނުވާށެވެ! ދުރަށް ޖައްސައި ސަޖިދަކުރަމުން ނަމާދުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ނަމާދަށް ހުއްޓައި ތުއްތު ކުއްޖަކު އައިސް އުނދަގޫކުރިޔަސް ކަންބޮޑުނުވާށެވެ! ދުރަށް ޖައްސައި ސަޖިދަކުރަމުން ނަމާދުކުރާށެވެ!

މައިން ކޮޓަރީގައި ނަމާދުކުރާއިއރު ބައެއް ފަހަރު ތުއްތު ކުދިން އައިސް އުނދަގޫކުރެއެވެ. އެކަން މައްސަލައަކަށް ނުހަދާށެވެ. ކުދިންދެކެ ރުޅި ނުއަންނާށެވެ. އެކުދިންނަށް އެފަދަ ކަންކަން އެކުރެވެނީ ކުޑަކަމުން ނުވިސްނޭތީއެވެ.  

ނަމާދަށް ހުއްޓައި ތުއްތު ކުއްޖަކު އައިސް މުސައްލަމަތީގައި އުޅޭނަމަ ސަޖިދައަށްދާންވުމުން ކުއްޖާ ދުރުކޮށްލާފައި ސަޖިދަކުރުމަކީ މައްސަލައެއް ނޫނެވެ. ކޮށީގައި އިންނަމަ ކޮށި ދުރުކޮށްލާށެވެ!  

އެންމެ މުހިންމީ ނަމާދުކުރުމެވެ. ދަރިފުޅު ބަލައިދޭނެ މީހަކު ނުވެގެން ވަޤުތު ފާއިތުވަންދެން ނަމާދުނުކޮށް ނުތިބޭށެވެ. ވަޤުތުވުމުން ވީހާ އަވަހަކަށް ނަމާދުކުރަން މަސައްކަތްކުރާށެވެ.  

ނަމާދުކުރަންވުމުން ތުއްތުދަރިފުޅު ކޮޓަރިން ނެރޭނަމަ ކޮތަރިން ބޭރުގައި ކުއްޖާ އުޅޭނެ ގޮތަކާއިމެދު ވިސްނޭނެއެވެ. ނަމަވެސް ކޮޓަރިއަށް ވައްދައި ތަލުލައިގެން ހުރެ ނަމާދުކުރާނަމަ ދަރިފުޅު ކޮސްފާނެ ކަމަކާއިމެދު ވިސްނާކަށް ނުޖެހޭނެއެވެ. ވީމާ ރަނގަޅު ގޮތަކީ އުނދަގޫކުރިޔަސް ކުއްޖާ ކޮތަރީގައި ބަހައްޓައިގެން ނަމާދުކުރުމެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން