ކުރިމަތިވާ ގޮންޖެހުންތައް އަންނަނީ ގިނަވަމުން! ދީނަށް ނަޞްރުދޭން އެމީހަކަށް ކުރެވެން އޮތް ކަމެއް ނުކޮށް ތިބެވޭކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކުރިމަތިވާ ގޮންޖެހުންތައް އަންނަނީ ގިނަވަމުން! ދީނަށް ނަޞްރުދޭން އެމީހަކަށް ކުރެވެން އޮތް ކަމެއް ނުކޮށް ތިބެވޭކަށް ނެތް!

ދީނަށް ނަޞްރުދިނުމަކީ ހަމައެކަނި ސަރުކާރުން ނުވަތަ ދީނީ ޢިލްމުވެރިންނަށް ކުރަންޖެހޭނެ ކަމެއް ކަމަކަށް ދެކެގެން، އެމީހަކަށް ކުރެވެން އޮތް ކަމެއް ނުކޮށް ހުންނަ މީހާ އެނގައިލަނީ އެކަމުން އެމީހަކަށް ލިބެން އޮތް ޘަވާބެވެ! 

މިއަދު އަދި މިސްކިތްތައް ތަޅާކަށް ނުބުނާނެއެވެ. ދައްކާނީ ތާޅަފިލީގެ އަޑުގަދަވާހަކައެވެ. މިސްކިތްތަކުގައި ދަރުސްދޭތީ އުނދަގޫވާ ވާހަކައެވެ. ދަރުސް ނުދޭކަށް ނުބުނާނެއެވެ. ބުނާނީ ދަރުސްތައް ކުރުކުރުމަށެވެ. 

ދަރުސްތައް ކިތަންމެ ދިގުވިއްޔާ މީހަކަށް އޮތީ ކޮން އުނދަގުލެއް ހެއްޔެވެ؟ އެމީހަކަށް ވަޤުތު ނެތްނަމަ އަޑުނުއަހައި ފައިބައިގެންދާންވީ ނޫންހެއްޔެވެ؟ މިސްކިތްތަކުގައި ދަރުސްތައް ދެނީ ކުރިއަށް ތާވަލުކޮށްގެންނެވެ. އެހެންކަމަށްވާއިރު ދަރުސް އަޑުއަހަން ބޭނުން ނޫން މީހުން ދަރުސް އޮންނަ މިސްކިތްތަކަށް ނުދިއުމުން ނިމުނީ ނޫންހެއްޔެވެ؟ 

މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ އިސްލާމް ދީނަށް ނަޞްރުދޭން ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަކަމެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވެން އޮތް ކަމެއް ކުރަންޖެހިފައިވާ ކަމެވެ. ފުރަތަމަ ކަމަކަށް ދީނުގެ ވާހަކަ ގޭގެ މީހުންނާއި ދައްކާށެވެ! ތިމާގެ ޒިންމާގެދަށުގައިވާ މީހުން ހޭލުންތެރިކުރުވާށެވެ! އެކުވެރިންނަށްވެސް ކިޔައިދޭށެވެ. އެކަންކުރަން ތިމާއަކީ ޝައިޚަކަށް ވާކަށް ނުޖެހޭނެއެވެ. ﷲ ތަޢާލާގެ އަޅަކަށް ފުރިހަމަ ގޮތުގައި ވެވުމުން ފުދުނީއެވެ. 

ތިޜީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

"ލީބިޔާ އިސްތިޢުމާރު ކުރި އިޓަލީންނާއި ދެކޮޅަށް ދީނާއި ދީބުގެ ދިފާއުގައި ޖިހާދު ކުރެއްވި ސަހަރާގެ ސިންގާ ޢުމަރު މުޚްތާރު رحمه الله ޝަހީދުކޮށްލެވުނުތާ 93 އަހަރު ފާއިތުވެގެންދިޔައިރުވެސް އެބަޠަލުގެ ޒިކުރާ ދެމިގެންވެއެވެ.

ދީނާ ދީބުގެ ދިފާއުގައި ކުރާ މަސައްކަތް ގެއްލިގެން ނުދާނެއެވެ."

- ޝައިޚް މުޙައްމަދު ޝިފާން 

ޝައިޚް ޝިފާންގެ މިބަސްފުޅަކީ މިއަދުގެ ޙާލަތުގައި މިދީބަށް ވަރަށް މުހިންމު ބަސްފުޅެއްކަން ފާހަގަކުރެވެއެވެ. ވަށައިގެން ހުރި ބިޔަ ކަރަތަކުން ރާއްޖޭގައި އޮތް އެއްދީންވަނަތަކަން ނަގާލަން އެމީހުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު ޢުމަރު މުޚްތާރު رحمه الله ފަދައިން އަމިއްލަ އެދުން ދޫކޮށް ﷲ ތަޢާލާގެ މަގުގައި ޙައްޤު ބަސްބުނެ ދީނާއި ދީބުގެ ދިފާޢުގައި ޖިހާދުކުރަން ކެރޭނެ ފަހުލަވާނުންނަށް ވަނީ އިންތިހާއަށް ބޭނުން ބޮޑުވެފައެވެ.

 

މިއަދު އޮންލައިން