މަންމަގެ ބަނޑުން ދުނިޔެއަށް އުފަންވުމަކީ 2 ވަނަ ދިރުއްވުން- ފުރަތަމަ ދިރުއްވެވުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
މަންމަގެ ބަނޑުން ދުނިޔެއަށް އުފަންވުމަކީ 2 ވަނަ ދިރުއްވުން- ފުރަތަމަ ދިރުއްވެވުމުގެ ވާހަކަ-

އަޅުގަނޑުމެން ދުނިޔެއަށް އައިސްފައި މިވަނީ ދެވަނަ ފަހަރަށްތޯ؟ ދަރުހެއްގައި އަޑުއިވިފައިވޭ ފުރަތަމަ ފަހަރު ހިނިތަކެއް ގޮތަށް އުފެއްދެވިކަމަށް، ނަރަކަވަންތަ ވެރިންނާއި ސުވަރިގެވަންތަ ވެރިން ވަކި ކުރެވިފައި. ދެން އެކަން ވެގެން ދިޔަ ކަހަލަ މާނައެއް ދޭހަވާ ގޮތަށް. 

އާދެ މިހާރު އެކަންކަމަކާ އަޅުގަނޑުމެން ހައިރާންވާކަށް ނުޖެހޭ. އެބަހުރި ބައެއް އުއްމަތްތައްވެސް، ބައެއް މީހުންވެސް އެބަހުރި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެފަހަރު ތިންފަހަރު ދިރުއްވާފައިވެސް. މިސާލަކަށް އުޒެއިރުގެފާނުވެސް މަރުއްވާފަ ދިރުއްވި. 

ބަނޫ އިސްރާއީލު މީހުންގެ ބަޔަކުވެސް ދިރުއްވި. މޫސާގެފާނާ އެއްކޮށް ވަޑައިގަތީތާ ތައުރާތު ބަލާ ވަޑައިގެންނެވި އިރުގައި. އެމީހުން މޫސާގެފާނު ﷲ އާ ވާހަކަ ދައްކަވާފަ ޤައުމަށް ވަޑައިގަތީ. ވަޑައިގެން އެވާހަކަ ދެންނެވީމާ އެމީހުން މިބުނީ ކީކޭ؟ އަހަރެމެންވެސް ޤަބޫލެއް ނުކުރާނަމޭ، އަހަރެމެންނާވެސް ވާހަކަ ދައްކުވާށޭ ﷲ. ﷲ ވާހަކަ ދައްކުވާށޭ އަހަރެމެންވެސް. އޭރަށޭ އަހަރެމެންވެސް ޤަބޫލުކުރާނީ. އެމީހުން ގޮވައިގެން މޫސާގެފާނު ވަޑައިގަންނަވަނިކޮށް ވަކި ހިސާބަކުން އަޑެއް އައިސް އެމީހުން މަރުއްވާލެއްވީ. މޫސާގެފާނު ﷲ އަށް ދުޢާ ކުރެއްވީ ﷲ އޭ، ދެން ތިމަންކަލޭގެފާނު އަނެއްކާ އަނބުރާ ޤައުމަށް ދާނީ ކޮން މޫނަކާއިގެންހޭ. ބުނާނޭ އެމީހުން މަރާލާފައޭ ތިއައީ. އެހެންވީމާ ﷲ އަނެއްކާ ދިރުއްވީ އެމީހުން.

އަނެއްކާ ޤުރުއާނުގަވެސް އެބައޮތް ބައެއްގެ ވާހަކަ ﷲ ބަޔާން ކުރައްވާފަ. --- އެމީހުންވެސް އަނެއްކާ ﷲ ސުބޫޙާނަހޫ ވަތަޢާލާ މަރުއްވާފައި އަނެއްކާ ދިރުއްވިވާހަކަ އެބައޮތް. އެހެންމަ އެކަންތައްތައް އެގޮތަށް މިހިރީ. 

ދެން އޮތީ ތިވާހަކަ. ތިމަންނަމެން މިތިބީ ދެވަނަ ފަހަރަށްހޭ ދުނިޔެއަށް އައިސްފަ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ޢާދަމް ޢަލައިހިއް ސަލާމް ހައްދަވާ، އެކަލޭގެފާނުގެ ކަނައަތު އަރިކަށީގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަތްޕުޅު ބީއްސަވާ ލެއްވީ. މިހާރު ޢާދަމް ޢަލައިހިއް ސަލާމް ހެއްދެވީވެސް ﷲ ގެ އަތްޕުޅުންތާ ދޯ. ތިނެއްޗެއް ﷲ ގެ އަތްޕުޅުން ހެއްދެވި. އެއީ ޢާދްމަގެފާނު، ތައުރާތު ލިޔުއްވީ ﷲ ގެ އަތްޕުޅުން، ދެން ޖަންނަތުލް ފިރުދައުސް. ޢާދަމް ޢަލައިހިއް ސަލާމް ގެ ކަނައަތު އަރިކަށީގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަތްޕުޅު ބީއްސަވާލެއްވިހައިރުން ހުރި ސުވަރުގެ ވަންތަ ވެރިންތައް ނިކުމެގެން އައީ. ދެން ވައަތު އަރިކަށީގަ އަތްޕުޅ ބީއްސަވާލެއްވިހާއިރުން ނަރަކަވަންތަ ވެރިންތައް ނިކުމެގެން އައީ. ޢާދަމް ޢަލައިހިއް ސަލާމް މައްޗަށް ނަންގަވާފަ (އުފުއްލަވާފަ) ޢާދަމްގެފާނުގެ ދަރިފަސްކޮޅު ﷲ ދައްކަވާލެއްވި. 

ދެން އެތާންގަ ތަފްސީރު ޢިލްމުވެރިން ވިދާޅުވެފަވަނީ ހިނިތަކެއްގެ ސިފައިގައޭ އެމީހުން ތިބީ. އެއީ އާއްމު މިތިބަ މީހުންގެ ސިފައިގަ ތިބެއްޖެއްޔާ ވަރަށްބޮޑު ސަރަހައްދެއް ބޭނުންވާނެތާ ދޯ، ޤިޔާމަތާ ހަމައަށް އަންނާނެހާ ބަޔަކު އެއްފަހަރުން މިތިބީ ހައްދަވާފަ. 

ދެން އެމީހުންގެ ކިބައިން އަހުދު ކަށަވަރު ހިއްޕެވީ ﷲ ސުބޫޙާނަހޫ ވަތަޢާލާ. އަހުދުކަށަވަރު ހިއްޕަވާފަ މިތިބީ އެންމެންގެ ކިބައިން. --- " ތިމަން ﷲ އީ ތިޔަބައިމީހުންގެ އިލާހެއް ނޫންހޭ؟ މަޢުބޫދެއް ނޫންހޭ، އަޅުކަން ވެވުން ޙައްޤުވެގެންވާ އިލާހަކީމެއްނޫންހޭ؟  އެންމެން ދެންނެވީ --- "އާދޭހޭ ތިޔޭ އަހަރެމެންގެ މަޢުބޫދަކީ، އަހަރެމެން އަޅުކަންކުރަން ޙައްޤުވެގެންވާ ފަރާތަކީ." އަހުދުކަށަވަރު ހިއްޕަވަންވެގެން ﷲ ސުބުޙާނަހޫ ވަތަޢާލާ އެގޮތަށް ހެއްދެވީ. އެ އެހެންވީމަ ހެއްދެވުމެއް އެވެސް. އެހެންމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބަހަރި އެތައްބަޔަކު އެގޮތަށް މަރުއްވާ ދިރުއްވާފަވެސް. އެހެންމަ އެކަމަކާ އަހަރެމެން ހައިރާން ވާކަށް ނުޖެހޭ. 

އަނެއްކާ މޫސާގެފާނުގެ ޒަމާނުގަ އެ މަރުވިމީހާ، އެ ޤަތުލުކުރި މީހާ، އެ ގެރިއެއް ކަތިލާފަ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވީ --- " އޭގެ ބަޔަކުން އޭނާ ގައިގަ ޖަހަން ތިމަން ﷲ އެންގެވީމެވެ." އެއިން ކަށިގަނޑަކުން، ހަމަ ޖެހީ އޭނާ އެ ދިރިގެން ތެދުވީއެ. އެހެންވީމަ އެ މަރުއްވާފަ ދިރުއްވާފަވެސް އެބަހުރި. އެހެންވީމާ އެ ވެދާނެ ހަމަ ދިރުއްވުމަކަށްވެސް. އެ އެންމެން ނެރުއްވާފަ ތިބީ އެއްފަހަރު، ދެން ހަނދާން ނެތިފަ މިތިބީ. ދެން ﷲ ވަޙީ ކުރައްވަނީ އެ އަހުދުކަށަވަރު ހަނދުމަ ކޮށްދިނުމަށްޓަކާ ތިމަން ﷲ ރަސޫލު ބޭކަލުން ތިޔަބައިމީހުން  ގާތަށް ފޮނުއްވާ ހުށީމެވ. މިހާރު ދެން ހަނދުމަ ކޮށްދިނުމަށްޓަކާ އެއްލައްކަ ސައުވީސް ހާސް ނަބީބޭކަލުން އަހަރެމެން ކައިރިއަށް އެ އައި. އެ އަހުދުކަށަވަރު ހަނދުމަ ކޮށްދިނުމަށްޓަކާ، ކުރިގަ ތިޔަބައިމީހުން ތިތިބީ އަހުދުކަށަވަރެއް ހިއްޕަވައިގެންނޭ ﷲ ގެ ހަޒްރަތުން. އެ އަހުދުކަށަވަރު ހަނދާން ކުރާށޭ ތިޔަބައިމީހުން. 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން