އިސްލާމްދީނުގައި މުދަލަކީ ޙުރުމަތްތެރި ކުރައްވާފައިވާ، ހެޔޮގޮތުގައި ބޭނުން ކުރަން ޖެހޭ އެއްޗެކެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ދަތުރުފުޅެއްގައި ޢާއިޝާ رضي الله عنها ގެ ކަރުގައި އޮތް ހާރެއް ގެއްލިގެން، އެ ހޯއްދެވުމަށް ނަބިއްޔާ صلى الله عليه وسلم އެތައް ވަގުތެއް ވަންދެން މުސްލިމުންގެ ލަޝްކަރާއިގެން މަޑުކުރެއްވެވިއެވެ.
(ބައްލަވާ: صحيح البخاري (334 (336).
މި ޙާދިޘާއާ ބެހޭގޮތުން އަންނަވަވީ رحمه الله ވިދާޅުވިއެވެ.
"މި ޙާދިޘާގައި މުސްލިމުންގެ ޙައްޤާއި މުދަލަށް ރައްކާތެރިވުމުގެ މުހިންމުކަން ހާމަވެއެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއްކަމުގައި ވިޔަސް މެއެވެ. އެ ސަބަބަށްޓަކައި ނަބިއްޔާ صلى الله عليه وسلم އެ ހޯއްދެވުމަށް މަޑުކުރެއްވެވިއެވެ."
(شرح النووي على صحيح مسلم (4 / 59)).
- ޝައިޚް އިމްރާން މުޙައްމަދު ޢަލީ