ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި ކޮންމެ ކަމެއް ކުރަން ބޭނުންވިނަމަވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން ކުރިއަށްދިއުމަށް މަސައްކަތްކުރާށެވެ. އެކަމަށް ސަމާލުކަންދޭށެވެ.
އެއްވެސް މީހަކު ކިޔައިފާނެ އެއްޗަކަށް ނުވަތަ ކިޔާ އެއްޗަކަށް ނުވެސް ވިސްނާށެވެ! ކޮންމެ ކަމަކަށް ބެލިނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވަވާފައިވަނީ އެންމެ ރަނގަޅަށެވެ. އެއްވެސް އުނިކަމެއް ނެތި އެންމެ ފުރިހަމައަށެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު އިތުރުއެކަލޭގެފާނަށް ނުބައި ބަސްތައް ނުބުނޭހެއްޔެވެ؟ އެހެން ރަސޫލްބޭކަލުންނަށްވެސް އެކަން ކުރިމަތިވެވަޑައިނުގަންނަވާ ހެއްޔެވެ؟
އެހެންކަމަށްވާއިރު އަހުރެމެންނަށް މީހަކު ނުވަތަ ބައަކު އެއްޗެތި ނުގޮވައި ތިބޭނެ ހެއްޔެވެ؟ ނުތިބޭނެއެވެ. ވީމާ މީހަކު ކިޔައިފާނެ އެއްޗަކަސް ނުވެސް ވިސްނާށެވެ. ޔަޤީންކުރާށެވެ! ތިބާ ކުރިއަށްދަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމުގައިވާނަމަ ތިބާއަށް ﷲ ތަޢާލާ ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ.
ގިނަ ބައަކު ފޭލްވަމުން މިދަނީ މިކަންކަމަށް ސަމާލުކަން ނުދީ މީސްތަކުން ބުނެފާނެ ބަސްތަކަށް ވިސްނާތީއެވެ. މީސްތަކުންގެ ރުހުން ލިބޭނެ ގޮތްގޮތަށް ކަންކަން ކުރަން އުޅެވޭތީއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ނުކުރެވޭތީއެވެ. ދިރިއުޅުން ކުރާ މަސައްކަތްވެސް އަދި ޢާއިލީ ދިރިއުޅުންވެސް ﷲޭލްވަމުން މިދަނީ ހަމަ އެސަބަބަށްޓަކައެވެ. އިޞްލާޙްކޮށްފި މީހަކަށް ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން