ސަޖިދަކުރުން ގިނަކުރާށެވެ!: އިޚްލާޞްތެރިކަމާއެކު ﷲ އަށް ކުރާ އެންމެ ސަޖިދައަކުންވެސް މުޅި ދިރިއުޅުން ބާއްޖަވެރިވެ އުފާވެރިކަން ލިބިދާނެ!: ޑރޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސަޖިދަކުރުން ގިނަކުރާށެވެ!: އިޚްލާޞްތެރިކަމާއެކު ﷲ އަށް ކުރާ އެންމެ ސަޖިދައަކުންވެސް މުޅި ދިރިއުޅުން ބާއްޖަވެރިވެ އުފާވެރިކަން ލިބިދާނެ!: ޑރޝަހީމް

ކޮންމެ މުސްލިމަކުވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ ފަރުޟު ނަމާދުތައް ކުރުމަކުން އެއީ ސަޖިދަކުރުން ގިނަކުރުން ކަމަކަށް ނުވާނެއެވެ. ސަޖިދަކުރުން ގިނަކުރިކަމަށްވާނީ ސުންނަތް ނަމާދުތައްކުރުން ކުރުން ގިނަކުރުމުންނެވެ.   

ސަޖިދަކުރުން ގިނަކުރުމަކީ އެމީހަކު ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިކުރާ މިންވަރު އަންގައިދޭ ކަމެކެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަންވެސް ކުރަން އޮތް އެންމެ ފައިދާހުރި ޢަމަލަކީ ސަޖިދަކުރުން ގިނަކުރުމެވެ. ވީވަރަކުން ދަމުނަމާދުގެ ރަކްޢަތް ގިނަކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާށެވެ. އެއިރުން ދާނީ ކުރެވޭ ސަޖިދަ ގިނަވަމުންނެވެ.  

ސަޖިދަކުރުން ގިނަ ކުރުމާއި އެކަމުން ކުރާ ފައިދާ ޑރ. ޝަހީމްގެ މިބަސްފުޅަށް ނިކަން ވިދާޅުވެބައްލަވާށެވެ!   

އެއްގޮތަކަށްވެސް މާޔޫސްވުމެއް ނެތެވެ. މާޔޫސްވާކަށް ނުވެސް ޖެހެއެވެ. ކޮންމެ މީހަކަށްވެސް އެމާޔޫސްވުމުގެ ތެރެއިން ނުކުމެވިދާނެއެވެ. ތިމާ ކުރަން ބޭނުންވާ އެއްވެސް ކަމެއް ޙާޞިލު ނުކުރެވިދާނެކަމަށް ހީކޮށް މާޔޫސް ނުވާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާއަށްޓަކައި ތިބާ ކުރާ އެންމެ ސަޖިދައަކުންވެސް ތިބާގެ މުޅި ހަޔާތް އުޖާލާވެގެން ހިނގައިދާނެއެވެ.  

ތައުލީމީ ހަޔާތުގައިވެސް ވަޒީފާގެ ހަޔާތުގައިވެސް ނާކާމިޔާބުގެ ތެރެއިން ކާމިޔާބަށް ވާސިލްވުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ތިމާގެ އަމިއްލަ ނަފްސުން އެކަމަށް އަޒުމް ކަނޑައެޅުމެވެ. ތިމާގެ އަމިއްލަ ނަފްސުން އެކަމަށް އަޒުމް ކަނޑައަޅައިފިނަމަ ތިމާއަށް ކާމިޔާބީއާއި ހަމައަށް ވާސިލްކޮށްދިނުމުގައި މާދުރު ރާސްތާއެއްނެތެވެ.   

ތިމާއަށް ކާމިޔާބީއާ ހަމައަށް ވާސިލްކޮށްދިނުމުގައި އެންމެ މުހިއްމު ކަމަކީ ތިމާގެ އަމިއްލަ ނަފްސުން އެކަން ކަނޑައެޅުމެވެ. އެހެން މީހަކަށް ތިމާއަކަށް ކާމިޔާބީއެއް ހޯދައެއް ނުދެވޭނެއެވެ. ތިމާގެ ކާމިޔާބީގެ މަގާއިމެދު ގޮތް ނިންމަންޖެހޭނީ ތިމާއެވެ.  ތިމާ ދަތުރުކުރަން ބޭނުންވާ މިސްރާބު ކަނޑައެޅުމަކީ އެމީހަކު ކުރަންޖެހޭ ކަމެކެވެ.

މިއަދު އޮންލައިން