މާޔޫސްނުވާށެވެ! މިއޮތީ ކިތަންމެ ގިނަ ބައަކު ތިބާ ނިކަމެތިކޮށް ހިތްދަތިކުރުވަން އުޅުނަސް ﷲ ތިބާ އެންމެ މަތިވެރިކުރައްވަވާނެ މަގެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މާޔޫސްނުވާށެވެ! މިއޮތީ ކިތަންމެ ގިނަ ބައަކު ތިބާ ނިކަމެތިކޮށް ހިތްދަތިކުރުވަން އުޅުނަސް ﷲ ތިބާ އެންމެ މަތިވެރިކުރައްވަވާނެ މަގެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބަދުވެސް ވިސްނައިގެން ހުންނަންވީ ތިމާގެ ހިތުގައި ޖައްސުވައި ދެރަކޮށް ނިކަމެތިކޮށްލަން އަދި ބަނގުރޫޓުކޮށްލުވަންވެސް ކޮންމެވެސް ބައަކު އުޅޭނެ ކަމެވެ. އެކަމަށް އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! ތިމާއަށް ހުރެވެނީ ޙައްޤުގޮތުގައިކަން ޔަޤީންކުރާށެވެ! އަދި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ކުރަމުންގެންދާށެވެ! 

ވަޤުތު ހޭދަކުރަންވީ ޙަސަދަވެރިން ކުރާ ކަންކަމަށް ކަންބޮޑުވުމުގައެއް ނޫނެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގައެވެ. ޛިކުރުކުރުމުގައެވެ. ހެޔޮ ޢަމަލުތައް ކުރުމުގައެވެ. 

އެހެން މީހަކު ދީފާނެ ދެރައަށް ކަންބޮޑުނުވެ ހަމައެކަނި ﷲ ތަޢާލާއަށް ހުރިހާ ކަމެއްގައިވެސް ބަރޯސާވެގެން ހުންނަ މީހާ އެހެން އެންމެންނަށްވުރެ ދަރަޖަ މަތިވެރިކުރައްވަވައި ހުރިހާ ގޮތަކުންވެސް މަތިވެރިކުރައްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކް

 

މިއަދު އޮންލައިން