އިންސާނުންގެ ހަޔާތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިންސާނުންގެ ހަޔާތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަންތައް-

އިންސާނުންގެ ހަޔާތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ކޮންކަމަކަށް ހެއްޔެވެ؟ 

މިސުވާލުގެ ޖަވާބުގައި އަހުރެން ބުނާނީ އެއީ މަދުރަސީ ތަޢްލީމް ނުވަތަ ހޯދާ ޕީއެޗްޑީ ސެޓްފިކެތްވެސް ނޫން ކަމަށެވެ. އަދި ތަނަވަސްކަމާއި އަގުބޮޑު ދިރިއުޅުންވެސް ނޫން ކަމަށެވެ. އަނބިދަރިންނާއި ޢާއިލާވެސް ނޫންކަމަށެވެ. އަދި ހޯދޭ މަތީ ދަރަޖަވެސް ނޫންކަމަށެވެ. 

އެކަމަކީ "ﷲ އަކްބަރު" ގެ ފުރިހަމަ މާނަދަސްކުރުން ކަމަށެވެ. ސަބަބަކީ "ﷲ ތަޢާލާގެ މަތިވެރިކަން މާބޮޑެވެ." ބުނެލުމަކުން ނުފުދެއެވެ. ބޮޑީ ކިހައިވަރަކަށް ހެއްޔެވެ؟ މަތިވެރިވަންތައީ ކިހާވަރަކަށް ހެއްޔެވެ؟ 

ޖަވާބަކީ ހުރިހާ އެއްޗަކާއި ހުރިހާ ކަންކަމަކަށްވުރެވެސް އެވެ. ކޮންމެ ނަމާދެއްގައި ތަކުރާރުކޮށް އެކަލިމަ މިކިޔަނީ އެހެންވެގެންނެވެ. 

މީސްތަކުންނޭވެ! "ﷲއަކްބަރު"ގެ މާނައިން، އެކަލާނގެ މަތިވެރިވަންތަކަން ބޮޑުކަމުން އެމީހެއްގެ ހިތް ފުރާލައިފި މީހަކު އަބަދުވެސް ހުންނާނީ އުފަލުންނެވެ. އެހިތަށް ލޮޅުން އަރުވައެއް ނުލެވޭނެއެވެ. ކުރިމަތިވާ ކޮންމެ ޙާލަތެއްގައިވެސް އެމީހަކު ހުންނާނީ ފިސާރި ޘާބިތުކަމާއިއެކުގައެވެ. އިން ޝާ ﷲ 

- ޝައިޚް ޢާޞިމް އަލްޙަކީމް

މިއަދު އޮންލައިން