ސުންނަތް ރޯދަ ހިފާއިރުވެސް ހަމައެކަނި ނުކައިނުބޮއި ހުރުމަކުން ނުފުދޭނެ! ރޯދައިގެ ޘަވާލިބުން އެދި ގަދައަޅައި މަސައްކަތްކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސުންނަތް ރޯދަ ހިފާއިރުވެސް ހަމައެކަނި ނުކައިނުބޮއި ހުރުމަކުން ނުފުދޭނެ! ރޯދައިގެ ޘަވާލިބުން އެދި ގަދައަޅައި މަސައްކަތްކުރަންޖެހޭނެ!

ހިފާ ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ރޯދައަށް ހުރެ ކުރަން ވާނީ ރޯދައަށް ފައިދާ ކުރާނެ ކަންކަމެވެ! ހިފާ ރޯދައަކަށްވެ ފުރިހަމަވާނީ އެއިރުންނެވެ. ހަމައެފަދައިން ރޯދައަށް ހުންނައިރު ރޯދައަށް ފައިދާ ނުކުރާނެ ކަންކަމާއި ދުރުހެލިވާން ޖެހޭނެއެވެ.  

ރަމަޟާން މަހުގައިވެސް ގިނަ ބައަކަށް އޮންނަނީ ރޯދައަށް ހުރެ ރޯދަ ފުރިހަމަކުރުމަށް ކުރަން ޖެހޭ ކަންކަން ނުކުރެވިފައެވެ. އަދި ރަމަޟާން މަސް ނިމި ސުންނަތް ރޯދަތައް ހިފަން ފެށުމުން އިތުރަށް ފަރުވާ ކުޑަކުރެވެއެވެ.  

މިއީ އެއްވެސް ޙާލެއްގައި މިކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. ރޯދަ މަހު ހިފާ ރޯދަ ފުރިހަމަކުރަން ކުރާ ވަރަށް ސުންނަތް ރޯދަ ހިފާއިރު މަސައްކަތް ނުކުރެވުނު ނަމަވެސް އެމީހަކަށް ކުރެވެން އޮތް އެންމެ ގިނައިން ހެޔޮ ޢަމަލުތައްކޮށް ރޯދަފުރިހަމަކުރަން މަސައްކަތްކުރަންވާނެއެވެ! މިސާލަކަށް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމާއި ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމާއި ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔެވުމާއި ކީރިތި ޤުރްޢާނާއިއެކު ވަގުތުހޭދަކުރުން ގިނަކުރުން ފަދަ ކަންކަން ކުރަމުން ގެންދަންވާނެއެވެ!  

ޞަދަޤާތްކުރުން ގިނަކުރުމުގެ ވާހަކަ ލަސްކޮށްލީ މިދުވަސްވަރު ގިނަ ބައަކު ދަތިޙާލުގައި އުޅެމުން ގެންދާތީއެވެ. ދަތި ޙާލުގައި އުޅެމުންވެސް ޞަދަޤާތް ކުރާށެވެ! ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ޞަދަޤާތްކުރާށެވެ! ދޭނެ އެއްޗެއް އަތުގައި ނެތް ނަމަ ހެޔޮކަމެއް ކޮށްދީގެން ނަމަވެސް ބަދަޤާތް ކުރެވޭތޯ ބަލާށެވެ!  

ފަށަމުން ބުނި ފަދައިން ސުންނަތް ރޯދައަކަށްވުމުން މިބުނި ކަންކަން ކުރުމުގައި ފަރުވާކުޑަނުކުރާށެވެ! ރޯދައަކީ ތިމާ ނަރަކައިން ސަލާމަތްކޮށްދޭ އަމަލެކެވެ. ހިފާ ކޮންމެ ރޯދައަކީވެސް ތިމާ އާއި ނަރަކަ، 70 އަހަރުގެ ރާސްތާއަށް ދުރުކޮށް ދެއްވަވާނެ އަމަލެކެވެ! ރޯދަވެރިން ނަރަކައަށް ވަނުމަށް ޚާއްޞަ ދޮރުކޮޅެއް ހުރެއެވެ. "އައްރައްޔާން" އެވެ ކިޔުނު ދޮރުކޮޅެވެ.  

ވީމާ ހިފާ ކޮންމެ ރޯދއެއްވެސް ހިފަންޖެހޭނީ ވަރަށް ބޮޑަށް ފަރުވާތެރިވެގެންނެވެ. ރޯދައަށް ފަރުވާތެރިވުމަކީ ރޯދައިން އުނިވާނެ އަމަލުތައް ނުކުރުމާއި ރޯދައަށް ފުރިހަމަކަން ލިބޭނެ އަމަލުތައް ކުރުން ގިނަކުރުމެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން