ހީވާގިވޭ!: ހެޔޮލަފާ އަނބިން ފޫހިވާނީ ފިރިމީހާއަށް ފައިސާ ލިބޭވަރު މަދުވެގެނެއް ނޫން! ފައިސާ ހޯދަން މަސައްކަތްނުކުރާނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހީވާގިވޭ!: ހެޔޮލަފާ އަނބިން ފޫހިވާނީ ފިރިމީހާއަށް ފައިސާ ލިބޭވަރު މަދުވެގެނެއް ނޫން! ފައިސާ ހޯދަން މަސައްކަތްނުކުރާނަމަ!

ދިރިއުޅުމުގައި އެންމެ މުހިންމު ކަމަކީ ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރެވުމެއް ނޫނެވެ. އަދި ކަމެއް ކުރަން ބޭނުންވާއިރަށް އެންމެ މަތީ ފެންވަރުގައި އެކަމެއް ޙާޞިލުވުމެއްވެސް ނޫނެވެ. 

ދިރިއުޅުމުގައި އެންމެ މުހިންމު ކަމަކީ ކުރިއަށްދާން މަސައްކަތްކުރުމުގެ ހިތްވަރުހުރުމާއި ކުރިއަށްދާން މަސައްކަތްކުރުމެވެ. ކިތަންމެ ކުޑަކުޑަ މިންވަރަކުން ނަމަވެސް ކުރިއަރާނަމަ އެމީހަކީ ކާމިޔާބު މީހެކެވެ. 

އެހެން މީހުން ތިބާއަށް ތަޢްރީފްކުރާ އަޑުއިވުނަސް އެކަމަށް ސަމާލުކަން ނުދޭށެވެ. އަދި އެހެން މީހުން ތިބާއަށް ފާޑުކީނަމަވެސް އެކަމަށްވެސް ސަމާލުކަންނުދޭށެވެ. އެކަނަކްނަ ކުރާބައަކު އެކަންކަން ކުރަން ދޫކޮށްލާށެވެ. ތިބާގެ މަސައްކަތާއިގެން ތިބާ ކުރިއަށްދާށެވެ. މަސައްކަތްކުރުމުގައި އިހްމާލްނުވާށެވެ! 

ހެޔޮލަފާ އަނބިން ފިރިމީހާގެ ކިބައިން އެދޭނީ އޭނާއަކީ ދުނިޔޭގެ އެންމެ ތަނަވަސް މީހާކަމަށްވުމަކަށް ނޫނެވެ. ޢާއިލާ ގޮވައިގެން ކުރިއަށްދާން މަސައްކަތްކުރާ މީހަކަށްވުމަށެވެ! ހެޔޮލަފާ އަނބިން ފޫހިވާނީ ފައިސާ ލިބޭވަރު މަދުވެގެނެއް ނޫނެވެ. ފައިސާ ހޯދަން މަސައްކަތްނުކުރާނަމައެވެ. 

މިހުރިހާ ކަމަކުންވެސް އެނގެނީ އެންމެ މުހިންމު ކަމަކީ ކުރިއަށްދާން މަސައްކަތްކުރުންކަމެވެ. އެއްވެސް ދީނަކީ ކަންނެތްވެ މަސައްކަތްނުކޮށް ހުންނަން ހިތްވަރުދޭ ދީނެއް ނޫނެވެ. އިސްލާމް ދީނަށް ބަލައިފިނަމަ އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމެވެ. ނަބީބޭކަލުންނާއި ރަސޫލްބޭކަލުންވެސް ވަނީ އެކަމުގައި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. އަހުރެމެންނަށްވެސް އޮތީ ހަމައެގޮތެވެ. 

- އިސްލާމީ ތިލަފަތުގެވ ދަރުސަކުން

މިއަދު އޮންލައިން