އެމީހެއްގެ ދުނިޔެ ފައްކާކޮށް، އާޚިރަތް ވީރާނަކޮށްލާފަވާ މީހުން އަބަދުވެސް ތިބޭނީ މަރަށް ބިރުން! މަރުވާކަށް ބޭނުމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެމީހެއްގެ ދުނިޔެ ފައްކާކޮށް، އާޚިރަތް ވީރާނަކޮށްލާފަވާ މީހުން އަބަދުވެސް ތިބޭނީ މަރަށް ބިރުން! މަރުވާކަށް ބޭނުމެއް ނުވާނެ!

މުސްލިމުންނަށް އޮތީ މަރުވެދާނެ ކަމަށް ބިރުން ތުރުތުރުއަޅައި ތިބުމެއް ނޫނެވެ. އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބުމެވެ. ނަމަވެސް ގިނަ ބައަކު މިއަދު މިވަނީ އެކަންތައް ބަދަލުކޮށްލައިފައެވެ. އަބަދުވެސް ތިބެނީ މަރުވެދާނެކަމަށް ބިރުންނެވެ. މަރަށް ތައްޔާރުވެގެން ތިބެނީ މަދުމީހެކެވެ.  

إبراهيم بن أدهم رحمه الله އަށް ދެންނެވުނެވެ! މީސްތަކުން މަރަށް ބިރުގަންނަނީ ކީއްވެހޭ؟  

ޖަވާބުގައި ވިދާޅުވިއެވެ! "ފައްކާކޮށްފާވާ ތަނަކުން ވީރާނަކޮށްފައިވާ ތަނަކަށް ދާން ބޭނުންވާނީ ކާކުހެއްޔެވެ؟ މީސްތަކުންވަނީ އެމީހުންގެ ދުނިޔެ ފައްކާކޮށް، އާޚިރަތް ވީރާނަކޮށްލާފައެވެ." 

ދުނިޔޭގައި ދިރިއުޅެން ލިބޭ މަދު ދުވަސްކޮޅު ގިނަ ބައަކު އަވަދިނެތި މަސައްކަތް ކުރެވެނީ ދުނިޔޭގައި ކުރިއަރައިދިއުމަށެވެ. އާޚިރަތް ދުވަހު ކުރިއަރައިދާން ކުރެވެނީ ވަރަށް ކުޑަކުޑަ މަސައްކަތްކޮޅެކެވެ.  

ދުނިޔޭގައި ކުރިއަރައިދާން ކުރަންޖެހޭ މަސައްކަތްތައް ހޭލައިހުރެގެންވެސް ކޮށް ނިންމަން މަސައްކަތްކުރެއެވެ. ﷲ ތަޢާލާއަށް ސަޖިދަކޮށްލާނެ ވަގުތު ލިބޭކަމަކަށް ނުވެއެވެ. އެފަދަ މީހުން އެވަރުން އާރާސްކުރި ދުނިޔެ ދޫކުރަން ބޭނުމެއް ނުވާނެ ނޫންހެއްޔެވެ؟  

އެންމެ ކާއިނާތްތަކާއި އެތަންތަނުގައިވާހައި އެއްޗެއް މިލްކުވެވޮޑިގެންވާ ގަދަ ކީރިތިވަން ﷲ، ޤިޔާމަތްދުވަހުން އެއްވެސް ތަރުޖަމާނެއްނެތި، ކޮންމެ މީހަކާމެ، ބަސްވަޙީކުރައްވައި، ކޮންމެ މީހަކު ދުނިޔޭގައި ކޮށްފައިވާ ޢަމަލަކާ ސުވާލުކުރައްވައި، އެމީހެއްގެ ގުނަވަންތަކާއި، ގައިގެ ހަންގަނޑާއި، ބިންގަނޑު އެމީހެއްގެ މައްޗަށް ހެކިދޭދުވަށް ބިރުވެތިވެ، ސަލާމަތްވަމާތޯއެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން