ޤުރްއާން ކިޔަވަން އިންނަމަ އެމީހަކާއެކު މަލާއިކަތުންގެ ފައުޖުތައްވެއެވެ. އެކަނި އިނދެ ކިޔެވިނަމަވެސް ފަރުވާތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޤުރްއާން ކިޔަވަން އިންނަމަ އެމީހަކާއެކު މަލާއިކަތުންގެ ފައުޖުތައްވެއެވެ. އެކަނި އިނދެ ކިޔެވިނަމަވެސް ފަރުވާތެރިވާށެވެ!

ކިތަންމެ ބޮޑަށް އެކަހެރިތަނެއްގައި ތިމާ އެކަނި އިނދެ ކީރިތި ޤުރްއާން ކިޔެވި ނަމަވެސް ފަރުވާތެރިވެ ރައްކައުތެރިވާންޖެހޭނެއެވެ. އެހެނީ ކޮންމެ މީހަކު ކޮންމެ ތަނެއްގައި އިނދެ ކީރިތި ޤުރްއާން ކިޔެވި ނަމަވެސް އަޑު އައްސަވަން މަލާއިކަތުންގެ ފައުޖުތައް އެމީހެއްގެ ވަށައިގެން ތިއްބަވާނެތެވެ! ވީމާ މިއިނީ އެކަނި ކަމަށް ހަމައެކަކުވެސް ހީނުކުރާށެވެ!  

ހަމައެއާއިއެކު ކީރިތި ޤުރްއާން ކިޔެވުމަކީ އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރަންޖެހޭ ކަމެކެވެ. މިކިޔަވަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުކަން އަބަދުވެސް ހިތުގައި ބާއްވަން ޖެހޭނެއެވެ. އަދި ކިޔަވާ ކިޔެވުން، ކިޔެވުމަށްވެ އެކަމުގެ ފައިދާކުރާނީވެސް ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަންދީގެން ކިޔެވުމުންނެވެ!

ބައެއް މީހުން އެކަނި އިނދެ ކީރިތި ޤުރްއާން ކިޔަވާނަމަ ކިޔެވުމުގައި ފަރުވާކުޑަކުރެވެއެވެ. އަވަސް އަރުވާލައިގެން ކިޔެވުން، ތަޖްވީދު މަގަށް ސަމާލުކަން ނުދިނުން ފަދަ ކަންކަން ކުރެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

ކީރިތި ޤުރްއާން ކިޔެވުމަކީ އެންމެ ފަސޭހައިން ކުރެވޭ އަދި އެންމެ ގިނައިން ޘަވާބު ލިބިގެންދާ އެއް ޢަމަލެވެ. އެހެނީ ކިޔަވާ ކޮންމެ އަކުރަކަށްވެސް 10 ޘަވާބު ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ! ވީމާ ކީރިތި ޤުރްއާން ކިޔަންވާނީ އެކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވުމާއިއެކު ސަމާލުކަން ދީގެންނެވެ. އެންމެ ގިނަ ޘަވާބު ލިބުން އެދި އެމަގުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން