ސުވާލު:. ފުރާތީ އެއަރޕޯޓަށް ދިއުމުގެ ކުރިން ގޭގައި ޖަމްޢުކޮށް ނަމާދު ކުރެވިދާނެތޯ؟ މެންދުރާއި ޢަޞުރު ނަމާދު.
ޖަވާބު:. ޤަޞްރު ނުކޮށް ހަމައެކަނި ޖަމްޢު ކުރެވިދާނެ.
ސުވާލު:. ސަފާރީތަކުގައި މަސައްކަތްކުރާ މީހުން ނަމާދު ކުރަން އެންމެ ރަނގަޅީ އިސްކޮށް ޖަމްޢު ކޮށްގެންތޯ؟ ނޫނިއްޔާ ޤަޞްރު ކޮށްގެންތޯ؟
ޖަވާބު:. އުނދަގޫ ނޫންނަމަ ޖަމްޢު ކުރުން. އުނދަގޫނަމަ އިސްކޮށްވިއަސް އަދި ފަސްކޮށްވިއަސް ޖަމްޢު ކުރެވިދާނެ.
ސުވާލު:. އުފަން ރަށް އެކަމު ދިރިއުޅެނީ މާލޭގައި، ޢީދު ޗުއްޓީއަށް ރަށަށް ގޮސް އުޅޭއިރު ނަމާދު ކުރުމުގައި ޤަޞްރުކޮށް އަދި ޖަމްޢުކޮށް ކުރެވިދާނެތޯ؟
ޖަވާބު:. އޭނާ ވަޒަންވެރި ވެފައިވަނީ މާލޭގައި ކަމުން އުފަން ރަށަށް ޗުއްޓީއެއްގައި ދިޔައިމަ އޭނާ ވާނީ ދަތުރުވެރިއަކަށް.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟު ޢަބްދުލްލަތީފް