ކަންބޮޑުނުވާށެވެ! ތިބާ އިޚްލާޞްތެރިކަމާއެކު ތައުބާވާ ހިނދުން ފެށިގެން ފާފަތައް ފުއްސަވައިދެއްވަވާނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކަންބޮޑުނުވާށެވެ! ތިބާ އިޚްލާޞްތެރިކަމާއެކު ތައުބާވާ ހިނދުން ފެށިގެން ފާފަތައް ފުއްސަވައިދެއްވަވާނެތެވެ!: މުފްތީ މެންކް

ޝައިޠޯނާ އެންމެ ދުރަވެ މާޔޫސްވާނެ އެއްވަގުތަކީ މީހަކު ތައުބާވާ ވަގުތެވެ! އެހެންކަމުން މީހަކު ތައުބާވާއިރަށް އެމީހާގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެ ކަމަށް އެމީހާގާތުގައި ބުނެ ވަސްވާސްދީ ޝައިޠޯނާގެ މަގުގައި ހިފަހައްޓަން މަސައްކަތްކުރާނެއެވެ! ނަމަނަމަ އެ ދަންތުރައިގައި ނުޖެހޭށެވެ! އެއީ ޝައިޠޯނާ ހަދާ އެންމެ ބޮޑު އެއް ދޮގެވެ!

އެއްވެސް ފާފައަކަށް ޢަފޫ ނުކުރެއްވެވުމަކީ ﷲ ތަޢަލާގެ ނަންފުޅުތަކުގެ ތެރޭގަ ހިމެނޭ ނަންފުޅެއް ނޫނެވެ! އެއިގެ ބަދަލުގައި ހިމެނިގެންވަނީ، އެންމެ ދީލަތިވަންތަ، ގިނަގިނައިން ފާފަތައް ފުއްސަވައިދެއްވަވާ، އެންމެ އޯގާތެރިވަންތަ ފަދަ ނަންފުޅުތަކެވެ. ވީމާ އެއްވެސް ފާފައެއް ފުއްސަވައި ނުދެއްވަވާނެ ކަމަށް ހީވެސް ނުކުރާށެވެ!

ތައުބާވެ އިޚްލާޞްތެރިކަމާއިއެކު ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން hހަމައެސިކުންތުގައި އެފާފައެއް ވަގުތުން ފުއްސަވައި ދެއްވަވާނެތެވެ! ދެވަނަ ފަހަރަށް ނުވަތަ ގިނަގިނައިން ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމަކީ އެމީހެއްގެ ދަރަޖަ އުފުއްލަވައި ދެއްވަވާ ކަމެކެވެ. ގިނަގިނައިން ފާފަ ފުއްސަވައި ދެއްވެވުން އެދި ދަންނަވަންވީ އެ ސަބަބަށްޓަކައެވެ.

އިޚްލާޞްތެރިކަމާއިއެކު ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާ ގެ ޙަޟްރަތުގަ އެންމެ ފަހަރަކު ދެންނެވި ނަމަވެސް އެމީހެއްގެ އަޑު އައްސަވައި ވޮޑިގެންވެއެވެ! ވަގުތުން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވައެވެ. ވީމާ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް މާޔޫސް ނުވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން