ކުށްކުރުމުން އަދަބުދޭންޖެހޭނީ ކުށްކުރިމީހާގެ ޙައިޞިއްޔަތަށް ބަލައިގެނެއް ނޫނެވެ. އޭނާ ކުރި ކުށަށް ބަލައިގެންނެވެ. ﷲ ތަޢާލާގެ ޙުކުންފުޅުތައް ތަންފީޒުނުކުރާތަނުގައި ޢިއްޒަތްތެރިން ކުށްކުރީމާ ޢިއްޒަތްތެރި އަދަބު ދިނުމަކީ އިސްލާމް ދީން ދަންނަ ކަމެއް ނޫނެވެ. މިބުނަނީ ޖަލަށްލާން ޙުކުމްކޮށްފިނަމަ ޢިއްޒަތްތެރިއަކަށްވީތީ އެއާކޮން ކުރި ކޮޓަރިއާއި ވީއައިޕީ ޚިދުމަތް ދިނުމުގެ ވާހަކައެވެ.
އަހުރެން ދެކެ ކިތަންމެ ރުޅި އައިނަމަވެސް އަހުރެން ބުނާނީ މިހެންނެވެ. ޖަލަށްލާންޖެހޭ ފަދަ ކުށެއް ކުރުމުން އެއީ ޢިއްޒަތްތެރިއެއް ނޫނެވެ. ޢިއްޒަތްތެރިން އެފަދަ ކުށެއް ނުކުރާނެއެވެ. ދިރިއުޅެމުންދާނީ ޢިއްޒަތްތެރިކަމާއިއެކުގައެވެ. އެހެން މީހުންގެ ލޯތްބާއި އިހްތިރާމް ލިބޭނެ ގޮތަށެވެ. ދުނިޔޭގައި އުޅުމަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ.
ހިތާމައަކީ މުސްލިމް ޤައުމުތަކުގައި މިއަދުވެސް މިކަންކަމަށް ނުވިސްނާ ކަމެވެ. ޢިއްޒަތްތެރި މަޤާމުތަކުގައި ތިބެގެން ބޮޑެތި ކުސްތައް ކުރަމުން ގެންދާ އެންމެ ބޮޑު އެއް ސަބަބަކީވެސް މިކަންކަމަށް ސަމާލުކަން ނުދެވޭ ކަމެވެ.
ގުޅުންހުރި ލިޔުމެއް:
މިއަދުވެސް އަޅުގަނޑުމެންގެ ހަނދާނަށް ގެންނަން ޖެހެނީ ޟަޚްޒޫމް ވަންހައިގެ ޢިއްޒަތްތެރި، ޤަދަރުވެރި އަންހެނަކު ވައްކަން ކުރުމުން ރަސޫލް ﷺ ކުރެއްވެވި ޙުކުމްފުޅެވެ. އޭނާއަކީ ޤަދަރުވެރިއެއް ކަމުގައި ވުމުން ޙުކުމް ކުރެއްވެވީ އޭނާއަށް ތަދުނުވާނެ ބަލައިގެން އޭނާގެ ނިޔަފަތި ކަނޑާކަށް ނޫނެވެ. ޙަދީޘްފުޅު ކުރެއްވެވީ މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވެވިނަމަވެސް އަތްޕުޅު ކަނޑުއްވަވާނެ ކަމަށެވެ.
އަދި ކީއްތޯއެވެ؟ އެއަންހެންމީހާއަށް ލުއި ގޮތެއް އޮތްތޯ ދެންނެވުނު ހިނދު ކޯފާއިސްކުރައްވައި އުސާމާބިން ޒައިދުގެފާނަށް ޙަދީޘްފުޅު ކުރެއްވެވީ ތިއަ ޝަފާޢަތްރިވެލައްވަނީ ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ޙުކުމްފުޅަކާއިމެދުގައިތޯއެވެ؟
ދެން ވިސްނައިލަންވީ ޙަދީޘްފުޅުގައި ދެން އޮތް ބައަށެވެ. ކުށްކުރުމުން މޮޅު މީހުންނަށް މޮޅު ގޮތް ހެދުމުން އިސްވެދިއަ އުންމަތްތައް ޙަލާކުކުރެއްވެވި ކަމުގެ ވާހަކައަށެވެ. މިއީ ކޮންފަދަ ވަރުގަދަ އިންޒާރެއްތޯއެވެ؟ މިއަދު މިފެންނަނީ އެއްވެސް ޖެހިލުމެއް ނެތި މިއިންޒާރަށް ބަލައިވެސް ނުލައި ކަންކަން ކުރެވެމުން އަންނަތަނެވެ. އަޅުގަނޑުމެން ވެސް އެފަދައިން ޢަމަލުކުރާނަމަ އަޅުގަނޑުމެން ނިަކމެތި ނުކުރައްވަވާނެކަން ނުވަތަ ކޯފާއެއް ނުފޮނުއްވަވާނެކަން އެނގެނީ ކާކަށްތޯއެވެ؟
ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވެވި ނަމަވެސް އަތްޕުޅު ކަނޑުއްވަވާނެ ކަމަށް ޙަދީޘްފުޅު ކުރެއްވެވީ އެކަމަނާވެސް ކުށެއް ކުރައްވަވައިފިކަން އެނގިވަޑައިގެންފިނަމަ ޢަމަލުކުރައްވަވާނީ ﷲ ތަޢާލާގެ ޙުކުމްފުޅުގައިވާ ފަދައިންކަން ބަޔާންކުރެއްވެވުމަށެވެ. ކިތަންމެ ކުޑަކުޑަ ލުއިކަމެއްވެސް ނުދެއްވަވާނެކަން ބަޔާން ކުރެއްވެވުމަށެވެ.
It was narrated from 'Aishah :
that Quraish became concerned about the case of the Makhzumi woman who had stolen, and they said: “Who will speak to the Messenger of Allah (ﷺ) concerning her?” They said: “Who would dare to do that other than Usamah bin Zaid, the beloved of the Messenger of Allah (ﷺ)?” So Usamah spoke to him, and the Messenger of Allah (ﷺ) said, “Are you interceding concerning one of the legal punishments of Allah (SWT)?" Then he stood up and addressed (the people) and said: “O people! Those who came before you were only destroyed because when one of their nobles stole, they let him off, but when one of the weak people among them stole, they would carry out the punishment on him. By Allah, if Fatimah the daughter of Muhammad were to steal, I would cut off her hand.” (Sahih)(One of the narrators) Muhammad bin Rumh said: “I heard Laith bin Sa'd say: 'Allah(SWT) protected her (Fatimah) from stealing, and every Muslim should say this.'”
Sunan Ibn Majah 2547
Aisha
said, "A woman from Bani Makhzumiya committed a theft and the people said, 'Who can intercede with the Prophet (ﷺ) for her?' So nobody dared speak to him (i.e. the Prophet) but Usama bin Zaid spoke to him. The Prophet said, 'If a reputable man amongst the children of Bani Israel committed a theft, they used to forgive him, but if a poor man committed a theft, they would cut his hand. But I would cut even the hand of Fatima (i.e. the daughter of the Prophet) if she committed a theft."
al-Bukhari 3733
- އިސްލާމީ ތިލަފަތުގެ ދަރުސަކުން