ޛިކްރުކުރަން އިންނަ މީހަކަށް ސަލާމްކުރަން އަތްދިއްނުކުރާށެވެ! ނަމަވެސް އަތްދިއްކޮށްފިނަމަ ޢިޖާބްދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޛިކްރުކުރަން އިންނަ މީހަކަށް ސަލާމްކުރަން އަތްދިއްނުކުރާށެވެ! ނަމަވެސް އަތްދިއްކޮށްފިނަމަ ޢިޖާބްދޭށެވެ!

ނަމާދު ނިމި ޛިކްރުތަސްބީޙް ކިޔަން ފަށާތަނުންވެސް ބައެއް މީހުން ސަލާމްކުރަން އަތްދިއްކުރެއެވެ. އެކަމުގެ ސަބަބުން އަނެކާއަށް އުނދަގޫވެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުވެގެންދެއެވެ. މާނައަކީ ވިސްނުން ޛިކުރް ކުރުމުން ވިސްނުން ބޭރުވެގެންދެއެވެ.  

ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ނަމާދު ނިމޭ ވަޤުތުގައި ނޫންނަމަވެސް ޛިކުރްކުރަން އިންނަ މީހަކަށް ސަލާމްކުރަންވާނީ އޭނާ ކުރަމުން ގެންދާ ކަންތަކަށް އެއްވެސް ހުރަހެއް ނޭޅޭނެކަން ޔަޤީންކޮށްފައެވެ.  

މިކަމާއި ގުޅިގެން ކުރެވުނު ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް ވިދާޅުވެފައިވަނީ މީހަކު ޒިކުރު ކުރަން އިންދާ ސަލާމް ކުރަން އަތް ދިއްކޮށްގެން ނުވާނެ ކަމަށާއި  ނަމަވެސް އަތްދިއްކޮށްފި ނަމަ ސަލަމް ކުރަން ވާނެ ކަމަށެވެ.

މިއަދު އޮންލައިން