ޚުޠުބާ: ގެވެށިއަނިޔާ ހުއްޓުވޭނީ ޢާއިލާގެ އެންމެން ދީނުގައިވާ މަގުން އަނެކާގެ ޙައްޤުތައް އަދާކޮށް އިޙްތިރާމްކޮށްގެން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 8ސ
ޚުޠުބާ: ގެވެށިއަނިޔާ ހުއްޓުވޭނީ ޢާއިލާގެ އެންމެން ދީނުގައިވާ މަގުން އަނެކާގެ ޙައްޤުތައް އަދާކޮށް އިޙްތިރާމްކޮށްގެން

އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވައިފައެވެ. ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ. މި ކަމަކީ މުޖުތަމަޢުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާ މެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށް ޓަކައި އަޑު އުފުލަމުންދާ މައްސަލައެކެވެ. ގެވެށިއަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތަކެވެ.   

މުސްލިމް މުޖުތަމަޢަކީ ރަޙްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމަޢެކެވެ. އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެކެވެ. މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއް ބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭނެއެވެ. އެ ކަނބަލުންގެ އަގުވައްޓައިލުމަށް ޓަކައި، އެ ކަނބަލުންގެ އަބުރާބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި، އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި، ހިމެނޭ ކަންކަމެވެ. ކީރިތި ރަސޫލާ z ދުވަހަކު  ވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައެއް ނުވެއެވެ. އިތުރު އެކަލޭގެފާނުގެ އެންމެ ފަހު ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި، އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރައްވައިފައި ވެއެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި، އިންސާނީ ޙައްޤުތަކާ ބެހޭ އިސްލާމީ އުޞޫލުތައް އިޢުލާނުކުރައްވަމުން، ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (فَاتَّقُوا اللهَ فِي النِّسَاءِ، فَإِنَّكُمْ أَخَذْتُـمُوْهُنَّ بِأَمَانِ اللَّهِ)[1] މާނައީ: "ފަހެ ތިޔަބައިމީހުން އަންހެނުންނާ މެދު އަށް تقوىވެރިވާށެވެ! ފަހެ ތިޔަބައިމީހުން އެ ކަނބަލުން ލިބިގެންފައިވަނީ، ގެ އަމާނާތެއްގެ ގޮތުގައެވެ." އަމާނާތަކީ ރައްކައުތެރިވާން ޖެހޭނެ އެއްޗެކެވެ. އެންމެ ބޮޑަށް ރައްކައުތެރިވާން ޖެހޭނީ، މާތް ގެ އަމާނާތަށެވެ. އޭރުން މާތް އަހުރެމެންގެ އަމާނާތްތައް ރައްކައުތެރިކޮށްދެއްވާނެތެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. ----- މާނައީ: "ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިން ވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެ ކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަންލެއްވިއެވެ." އަންހެނުންނަށް އަނިޔާކޮށްގެން، މި ހިތްހަމަޖެހުން ލިބޭނެހެއްޔެވެ؟  އަންހެނުންނަށް އަޅައިނުލައި، މި ލޯތްބާއި އޯގާވެރިކަން ލިބޭނެހެއްޔެވެ؟

ގެވެށިއަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި  ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުންނެވެ. ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުޢާމަލާތުކުރަނީ އަޚްލާޤު ރިވެތި، ޢިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށް ޓަކައެވެ. ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށް ޓަކައެވެ. އެހެނަސް ފިރިހެނާ މި ގޮތަށް ޢަމަލުކުރުމުގެ ނަތީޖާއަކީ، އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުމެވެ. އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވުމެވެ. ހިތްހަމަޖެހުން އޮންނާން ޖެހޭ ގޭތެރެ ހިތްދަތިވުމެވެ.

ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫނެވެ. އަދި އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއް ވެސް ނޫނެވެ. ޙަޤީޤަތަށް ބަލާ އިރު، ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައެވެ. އޭނާގެ ރިވެތި އަޚްލާޤުގެ މަތީގައެވެ. އަނބި ދަރީންނަށް އަޅައިނުލައި އުޅެނީ ކިތައް ފިރީންހެއްޔެވެ؟ އަނބިމީހާ ވަރިކޮށްފައި، ދަރިންނަށް ޚަރަދުނުދީ ފިލައިގެން އުޅެނީ، ކިތައް ބަފައިންހެއްޔެވެ؟ މިއީ މުޅީން ވެސް އަނިޔާއެވެ. މި ފަދަ އަނިޔާތަކަކީ، މާތް ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. ތިމާގެ އަހުލުވެރީންނާ މެދު ޤިޔާމަތް ދުވަހުން މާތް ސުވާލުކުރައްވާނެއެވެ.  

މި ފަދަ ބޭއަދަބީ ކަންކަމަށް އަރައިގަނެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، އީމާންކަމުގެ ބަލިކަށިކަމެވެ. އީމާންކަން ނެތިއްޖެ ނަމަ، ލަދުވެތިކަމެއް ނުއޮންނާނެތެވެ. ލަދުވެތިކަން ނެތިއްޖެ ނަމަ، އެއްވެސް ނުބައި ކަމަކަށް އަރައިގަތުމުގައި ފަހަކަށް ނުޖެހޭނެތެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ.  (إِنَّ لِكُلِّ دِيْنٍ خُلُقًا، وَخُلُقُ الْإِسْلَامِ الْـحَيَاءُ)[2] މާނައީ: "ހަމަކަށަވަރުން ކޮންމެ ދީނަކަށް ޚުލުޤެއް ވެއެވެ. އަދި ހަމަކަށަވަރުން އިސްލާމްދީނުގެ ޚުލުޤަކީ ލަދުވެތިކަމެވެ." މި ބަސްފުޅުން އެނގެނީ، އީމާންކަމުގެ އަސަރު ފެންނާނީ އޭނާގެ އަޚްލާޤުންކަމެވެ. ހަޑިހުތުރު ކަންތައްތަކަށް ބަލައިލުމެއް ނެތި، ދުނިޔޭގައި އުޅެމުންދާ ނަމަ އެ މީހަކު އެ ވަނީ ލަދުވެތިކަމުން އެއްކިބާވެފައެވެ. 

ފިރީން އަނބީންނަށް އޯގާތެރިވެ އަޅައިލުން، އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ ފަދައިން، އަށާއި އެކަލާނގެ ރަސޫލާ zއަށް އުރެދުމެއް ނުވާ ކަންކަމުގައި، އަނބީން ވެސް ފިރީންނަށް ކިޔަމަންތެރިވުން އިސްލާމްދީނުގައި ވާޖިބުކުރައްވައިފައި ވެއެވެ. އަދި ފިރީންނަށް ކިޔަމަންތެރިވުމަކީ، އެ ކަނބަލުންގެ ދަރަޖަ މަތިވެރިވާނޭ ކަމެކެވެ. އެ ކަމުގެ ސަބަބުން، ޢާއިލީ ގުޅުން ބަދަހިވެ، ގެވެށިއަނިޔާއަށް އޮންނަ ފުރުޞަތު ހަނިވާނެއެވެ.

ގެވެށިއަނިޔާގެ ސަބަބުތަކުގެ ތެރޭގައި، މަސްތުވާ ތަކެތި ހިމެނެއެވެ. މަސްތުވާ ތަކެއްޗަކީ ހުރިހައި ނުބައިކަމެއްގެ އަސާސެވެ. މާތް ވަޙީކުރައްވައިފައި ވެއެވ--- މާނައީ: "شيطانއާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوةތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)" މި ބަސްފުޅުން ކަށަވަރުވާ ގޮތުގައި، މަސްތުވާތަކެތީގެ ސަބަބުން މީހާގެ އީމާންކަން ބަލިކަށިވާނެއެވެ. މަސްތުވާތަކެތީގެ ސަބަބުން ޝައިޠާނާގެ ޝިކާރައަކަށް އިންސާނާ ވާނެއެވެ. ޝައިޠާނާގެ ދަލުގައި ޖެހިއްޖެ ނަމަ ނުކުރާކަށް ނުބައިކަމެއް ނޯންނާނެއެވެ.  

ގެވެށިއަނިޔާގެ ސަބަބުން، އިޖުތިމާޢީ ފޭރާން ހަލާކުވެ، މުޖުތަމަޢު ވިއްސިވިހާލިވާ ތަން ބަލާން ތިބެގެންނެއް ނުވާނެއެވެ. އެ ކަމުގެ ސަބަބުން މުޖުތަމަޢުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެންދިޔުމާ މެދު ވިސްނައި ފިޔަވަޅު އަޅާން ޖެހޭނެއެވެ. މި ކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އަރައިރުންތައް އުފެދި، ހަރުކަށި ޢަމަލުތައް އިތުރުވަމުން ދެއެވެ. ގެވެށިއަނިޔާތައް އިތުރުވެ އޭގެ ދާއިރާތައް ފުޅައުވެގެން ގޮސް މިއަދު އެކަންތައް ވަނީ، އަތް ނުފޯރާފަށަށް އުފުލިފައެވެ. ގެވެށިއަނިޔާގެ ހުރިހައި ބާވަތަކުން ދުރުހެލިވުމަށް، ތިޔަ އެންމެތަކުންނަށް ގޮވައިލައި ނަސޭހަތްތެރިވަމެވެ.

އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް،  ގެއްލުންހުރި ހަޑިހުތުރު ޢަމަލެކެވެ. އޭނާގެ ޙަލާލު އަނބިމީހާއަށް ޖިސްމާނީ ގޮތުންނާއި، ޖިންސީ ގޮތުން ވިޔަސް އަނިޔާކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. މާތް ފިރީންނަށް އަންގަވަނީ އެމީހުންގެ އަނބީންނާއެކު ރިވެތި ގޮތުގައި މުޢާމަލާތު ކުރުމަށެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. ----  މާނައީ: "އަދި، ހެޔޮ ގޮތުގައި އެ ކަނބަލުންނާ އެކު ތިޔަބައިމީހުން އުޅޭށެވެ! ތިޔަބައިމީހުން އެ ކަނބަލުންނާ ނުރުހުންތެރި ވެއްޖެ ނަމަ (ދަންނާށެވެ!) ބައެއް ފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ."

ގެވެށި އަނިޔާއަކީ، ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާ އެކަންޏެއް ނޫނެވެ. އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ އަނިޔާ ވެސް، ގެވެށިއަނިޔާގެ ތެރޭގައި ހިމެނެއެވެ. ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމާއި، ޖަދަލުކުރުމުގެ ސަބަބުން ދަރީންނަށް ނަފްސާނީގޮތުން އަނިޔާލިބި، އެ ކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވެއެވެ. ދަރީންގެ ބަސްމަގު ހުތުރުވެ، އެ ކުދީންގެ ކުރިމަތީގައި މައިންބަފައިންގެ އަގުވެއްޓި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބެއްކަމުގައި އެ ކަން ވެގެންދެއެވެ.

އަހަރެމެން ހަނދާނުގައި ބަހައްޓާންވީ ކަމަކީ، ދެމަފިރީން ވެސް މާތް ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބޭންޖެހޭނޭކަމެވެ. އަނބީން ފިރީންނަށް ކިޔަމަންތެރިވެ، އަމާނާތްތެރިވާން ޖެހޭނޭކަމާއި، އަދި ފިރީން ވެސް އަނބީންނަށް އޯގާތެރިވެ އެހީތެރިވާން ޖެހޭނޭކަމެވެ. އަދި އެއްވެސް ޙާލެއްގައި، އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވުމަކީ، سبحانه وتعالى ޙަރާމްކުރައްވައިފައިވާ ކަމެއްކަމެވެ. سبحانه وتعالىއާއި އެކަލާނގެ ރަސޫލާ z ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބުމުގެ މައްޗަށް މާތް އަޅަމެންނަށް ތައުފީޤު ދެއްވާށިއެވެ! އާމީން!

މިއަދު އޮންލައިން