ސުވާލަކީ ގަބުރުސްތާނަށް ވަންނައިރު ފައިވާން ބޭލުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ސުވާލަކީ ގަބުރުސްތާނަށް ވަންނައިރު ފައިވާން ބޭލުމަކީ ކޮންކަހަލަ ކަމެއްތޯ؟

އާދެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަހާބީއެއް ކަމަށްވާ ބަޝީރު ބުނުލް ޚަޞާސިއްޔަ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ  --- " އެއްދުވަހެއްގަ ތިމަންކަލޭގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެއްކޮށް ހިނގާފައި ދަނިކޮށް މީހަކު ފެނުނޭ ގަބުރުސްތާނުގައި ހިނގާފައިދާތަން." -- " އޭނާ ވަނީ ފައިވާނަށް އަރައިގެންނޭ." -- " އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ." --- " އޭ ފައިވާނަށް އަރައިގެން ހުރި މީހާއެވެ." --- " ތިބާގެ ފައިވާން ބާލާށެވެ." --- " އެހިނދު އެމީހާ ބަލައިލިއެވެ." ---- " އަދި އޭނާއަށް އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަކަން އެހެން ޙަދީޘް ކުރެއްވީ އެނގުމުން" --- " އެ ފައިވާން ބޭލިއެވެ. އަދި ފައިވާން ނަގާ އެއްލާލެއްވިއެވެ." ރަވާޙު އަބޫ ދާޢޫދު. މި ޙަދީޘް އަކީ މީ އަބޫ ދާޢޫދު ރިވާ ކުރައްވާފައިވާ ހާދީޘެއް. 

އާދެ، މި ޙާދީޘްއަށް ބިނާ ކޮށް ޢިލްމުގެ އަހުލުވެރިން ބަޔާން ކުރައްވާފައިވަނީ ގަބުރުސްތާނު ތެރޭގައި އެންމެ މޮޅު އިތުރުގޮތަކީ ފައިވާން ބާލައިގެން އުޅުން ކަމުގައި. އެގޮތުން އިބްނު ޤުދާމަ އަލް މަޤްދިސީ ރަޙިމަހުﷲ އެކަލޭގެފާނުގެ މަޝްހޫރު ފޮތް "އަލް މުޣުނީ" ގައި ވިދާޅުވެފައިވަނީ --- "ގަބުރުސްތާނަށް ވަދެއްޖެ ކަމުގައި ވާނަމަ ފައިވާން ބޭލުމަކީ އެއީ ކަންކުރަންވާނެ ގޮތޭ، އަދި އެއީ މުސްތަޙައްބު ކަމެކެވެ."

ވީމާ ރަވާޙު ބަޝީރު ބުނުލް ޙަޞާސިއްޔަ، އެއީ ބަޝީރު ބުނުލް ޚަޞާސިއްޔަ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ކުރެވިފައިވާ ޙަދީޘް އަށްޓަކައެވެ. އަދި އެ ފަހުގައި ދެންމެ މިތާންގަ މި ޒިކުރު ކުރެވުނު ޙަދީޘް އިބްނު ޤުދާމަ ރަޙިމަހުﷲ ވެސް މުޣުނީގައި ގެންނަވާފަ ވަނީ. 

އަދި ހަމައެފަދައިން އައްޝެއިޚް އިބްނު އުސެއިމް ރަޙިމަހުﷲ ވިދާޅުވެފައި ވަނީ -- " ފައިވާނަށް އަރައިގެން ގަބުރުސްތާނުގައި ހިނގުމަކީ އެއީ ސުންނަތާ ޚިލާފު ގޮތެކެވެ. " --- " މީހަކަށް އޮތް އެންމެ ރަނގަޅު މޮޅު އިތުރު ގޮތަކީ އެއީ ގަބުރުސްތާނުގައި ހިނގާކަމުގަ ވާނަމަ ފައިވާން ބާލައިގެން ހިނގުމެވެ." --- " ހާޖަތަކަށްޓަކާ މެނުވީ." ހާޖަތެއް އޮވެއްޖެއްޔާ މާނައަކީ ބޭލިއަސް މައްސަލައެއް ނެތޭ." 

ދެން އޭގަ ބައެއް ކަހަލަ ހާޖަތްތަކުގެ މިސާލު ޖައްސަވަމުން ވިދާޅުވަނީ --- " އެ އެއްގޮތަކީ ޤަބުރުސްތާނު ތެރޭގައި ކަށިފަދަ އެއްޗެއް ހުރުމެވެ." --- " ނުވަތަ ވެލިގަނޑު ވަރަށް ހޫނުކޮށް އޮތުމެވެ." --- "ނުވަތަ އެތަނުގަ ހުރި ގާތަކުގެ ސަބަބުން ފައިތިލައަށް ގެއްލުންވާފަދަ ގޮތަކަށް އެ ގާތަށް ހުރުމުގެ ސަބަބުން އެފަދަ ހާލަތެއްގަ މައްސަލައެއް ނެތޭ ފައިވާނަށް އަރައިގެން ހިނގިއަސް." މީ އިބްނު އުސެއިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅަކީ. 

އެހެންކަމުން އަޅުގަނޑުމެންނަށް އިނގިގެން ދަނީ އާންމު ހާލަތުގައި އޮތް އެންމެ މޮޅު އިތުރު އެންމެ ރަނގަޅު ގޮތަކީ ފައިވާން ބާލައިގެން ގަބުރުސްތާނަށް ވަނުންކަން. އަދި ސުންނަތް ގޮތަކީ މުސްތަޙައްބު ގޮތަކީވެސް އެއީކަން. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ގޮތަކީ އެއީކަން. އެހެންނަމަވެސް މީގެން އިސްތިސްނާ ވާނެކަން ފަޔަށް ގެއްލުމެއް ލިބިދާނެ ފަދަ ހުރިހާ ހާލަތްތަކެއްގާވެސް. 

އާދެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަރުގަދަޔަށް ހިފަހައްޓާ، އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުތައް އުނގެނި ދަސްކޮށް އެއާ އެއްގޮތަށް ޢަމަލު ކުރާ ބައެއްކަމުގައި ލެއްވުން. 

- ޝެއިޚް މުޙައްމަދު ޤާލިބް

 

މިއަދު އޮންލައިން