މިހާރަކަށް އައިސް ގިނަ ބައަކު ދިރިއުޅެނީ އެޕާޓްމަންޓްތަކުގައެވެ. އެޕާޓްމަންޓް ހުންނަނީ ބޮޑު ޢިމާރާތެއްގައެވެ. އެހެންވެ ގެއިން ނުކުންނަމުން ކިޔާ ދުޢާ (ޛިކުރް) ކިޔަން ވާނީ ތިމާ ދިރިއުޅޭ އެޕާރޓްމަންޓުން ނުކުންނަމުންތޯ؟ ނުވަތަ މައި ޢިމާރާތުން ބޭރަށް ނުކުންނަމުންތޯ؟ ސުވާލުކުރެއެވެ.
މިގޮތުން ކުރެވޭ ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް ވިދާޅުވެފައިވަނީ އެމީހަކު ދިރިއުޅޭ އެޕާރޓްމަންޓުން ނުކުންނަމުން ކަމަށެވެ. އޭނާ ދިރިއުޅޭ ގެއަކީ އެއީކަމަށްވާތީއެވެ. އެތަނުން ނުކުންނަ ވަޤުތުން ފެށިގެން އެމީހަކަށް ރައްކާތެރިކަން ބޭނުންވާނެތީއެވެ.
ހަމަ އެފަދައިން ގެއަށް ވަންނަމުން ކިޔަންޖެހޭ ޛިކުރުތައްވެސް އެމީހަކު ދިރިއުޅޭ އެޕާޓްމަންޓަށް ވަންނަމުން ކިޔަންވާނެއެވެ. ތިމާ އާއިއެކު ޝައިޠޯނުން ގެއަށް ވަނުން ހުއްޓުވޭނީ އެއިރުންނެވެ.