އަމިއްލަ ގެއަށް ވަންނަމުންވެސް ސަލާމް ގޮވުމަކީ ގޭގަ ބަރަކާތް ލައްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އަމިއްލަ ގެއަށް ވަންނަމުންވެސް ސަލާމް ގޮވުމަކީ ގޭގަ ބަރަކާތް ލައްވަވާ ކަމެއް!

ގޭގެއަށް ވަންނަމުން ސަލާމް ގޮވުން މިއަދު މިވަނީ ލަދުވެތިކަމަކަށްވެފައެވެ. ސަލާމް ގޮވައިފިނަމަ "ދުރުގޮތެއް" ހުންނަކަމަށް އިޙްޞާޞްކުރެވޭ ކަމަށް ދެކޭ ބައަކުވެސް އުޅެއެވެ. އެހެންކަމުން ޑރ. ޝަހީމްގެ މިނަޞޭޙަތުގެ ހަނދާން އައުކޮށްލަމާ ހިންގަވާށެވެ! 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލު ވެރިންނަށް ސަލާމް ކޮށް އިޒުނަ ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިއަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިއަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." (އައްނޫރު: 27) 

"ފަހެ، އެ ގެތަކުން ތިއަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިއަބައިމީހުންނަށް އިޒުނަ ދެވިއްޖައުމަށްދާނދެން އެ ގެތަކަށް ތިއަބައިމީހުން ނުވަންނާށެވެ! އަދި ތިއަބައިމީހުން އެނބުރި ހިނގައިދާށޭ ތިއަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިއަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިއަބައިމީހުންނަށް ސާފުކަންބޮޑެވެ. ﷲ އީ، ތިއަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ((އައްނޫރު: 28) 

މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. ތިމާ ދިރިއުޅޭގެ ނޫން ގެއަކަށް ވަންނަ ނަމަ ސަލާމް ގޮވައި ހުއްދަ ހޯދައިގެން ވަންނަން ﷲ ތަޢާލާ މިވަނީ އަންގަވައިފައެވެ. 3 ފަހަރު ސަލާމް ގޮވުމުން ޖަވާބު ނުދީފި ނަމަވެސް އަދި ވަންނަން ހުއްދަ ނުދީފި ނަމަވެސް އޮތީ ނުވަދެ އެނބުރި ދިއުމެވެ. 

ނަމަވެސް މިއަދު މިފެންނަނީ ގޭގެއަށް ގޮސް ސަލާމް ގޮވުމެއް ނެތި ހުއްދަ ވެސް ނުހޯދައި ވަދެގެން އެންމެ އެތެރެއަށް ގޮސް ގޭގެ ދެމަފިރިން ނިދަން ތިއްބައި ކޮޓަރި ކުރިމައްޗަށް އަރާފައި "ތިއަ ތިބީ ނިދަންތޯ؟" ސުވާލުކުރާ ތަނެވެ. ނަމަވެސް މިއީ އިސްލާމް ދީނުގައި މިކަންކުރުން ހުއްދަ ގޮތެއް ނޫނެވެ. 

އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމްކުރުން ގިނަކުރުމަކީ އިޖުތިމާއީ އަދަބުތަކުގެ ތެރެއިން ކޮންމެހެން އަދާކުރަން ޖެހޭ އަދަބެކެވެ. ދަމަހައްޓަން ޖެހޭ އަދަބެކެވެ. އެހެންކަމާއިއެކުވެސް މިއަދު އެކަނ ކުރުން ދަނީ މަދުވެ ނެތެމުންނެވެ. 

ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިއަބައިމީހުން އެއްބައަކު އަނެއްބައަކު ދެކެ ލޯބިވާކަމުގައި ވަނީނަމަ ތިއަ ބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ! އެކަކު އަނެކަކާ ބައްދަލުވާ ހިނދު އްސަލާމް ޢަލައިކުމް ކޔާށެވެ!

އަމިއްލަ ގެއަށް ވަންނަ ނަމަވެސް ސަލާމް ގޮވުމަކީ ސުންނަތެކެވެ. އަދި ކިތަންމެ ގާތް ތިމާގެ މީހެއްގެ ގެއަށް ވަންނަމަމަވެސް ސަލާމްގޮވަންވާނެއެވެ! އެއީ ބަރަކާތް ލެއްވެވިގެންވާ ކަމެކެވެ.! 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

 

މިއަދު އޮންލައިން