ސުވަރުގޭގަ ރަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވުމަށް އެދޭނަމަ ޖިބްރީލްގެފާނުގެ މިބަސްފުޅަށް ޢަމަލުކުރަން އަވަހަށް ފަށާށެވެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ސުވަރުގޭގަ ރަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވުމަށް އެދޭނަމަ ޖިބްރީލްގެފާނުގެ މިބަސްފުޅަށް ޢަމަލުކުރަން އަވަހަށް ފަށާށެވެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

ސުވަރުގޭގައި އެމީހަކު ވާނީ އެމީހަކު އެންމެ ލޯބިވީ މީހަކާއިއެކުގައިކަމަށް ރަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވީ ޖިބްރީލްގެފާނު އެކަން އެގޮތަށް ޙަދީޘްފުޅުކުރައްވަވަން ވިދާޅުވުމުންނެވެ. އެކަން ހިނގައިދިއަ ގޮތް ވެސް ކުރު ގޮތަކަށް ބަޔާންކޮށްލާނަމެވެ. 

ޞަޙާބީ ބޭކަލުންނަށް ރަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ އާއި ދުރުގައި ގިނަ ވަޤުތު ހޭދަކުރަވަން ޖެހިވަޑައިގެންފިނަމަ އެކަން ވަނީ ބޮޑު ތަކްލީފަކަށެވެ. އެހެންވެ ގޭގައި ނުތިއްބެވިގެން ރަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ ގެ ފައިންފުޅު ދެކެން ވަޑައިގަންނަވައެވެ.  

އެހެންވެ ޞަޙާބީ ބޭކަލަކު ދެންނެވިއެވެ. "އަޅުގަނޑުމެންގެ ހިތަށް ހަމަޖެހުން ލިބި އުފާވެރިކަމުގައި މިތިބެވެނީ އަހުރެމެންގެ ލޮލަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނުމުންނެވެ. އަރިއަހުގައި ތިބެވުމުންނެވެ. އެކަމަކު ސުވަރުގޭގައި ރަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ ވެވަޑައިގަންނަވާނީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނާއިއެކު ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކުގައެވެ. އަޅުގަނޑުމެންނަށް ސުވަރުގެއިން ލިބޭނީ މާދަށުދަރަޖަތަކެކެވެ."  

މިމޭރުމުން ދެންނެވުނު ހިނދު ދެއްވަވާނެ ޖަވާބަކާއިމެދު ރަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ ނުހަނު ބޮޑަށް ކަންބޮޑުވެވަޑައިގަތެވެ. ސުވަރުގޭގައި އެމީހަކު ވާނީ އެމީހަކު އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވީމީހަކާއިއެކުގައި ކަމަށް ޙަދީޘްފުޅުކުރައްވަވަން ޖިބްރީލްގެފާނު ވިދާޅުވީ އެޙާލަތުގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ބަސްފުޅެއް ޖިބްރީލްގެފާނު އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވާނެއެވެ. ވީމާ މިއީ އެކަން ﷲ ތަޢާލާގެ ޙަޟްރަތުގައި އޮންނާނެ ގޮތެވެ.  

މިފުރުޞަތަކީ ހަމައެކަނި ޞަހާބީންނަށް އޮތް ފުރުޞަތެއް ނޫނެވެ. އަހުރެމެން ކޮންމެ މީހަކު ވެސް އެމިންވަރަށް ރަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވެވިއްޖެނަމަ އެފުރުޞަތު އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ  

އަހުރެމެންނަށް އޮތީ ސުންނަތަށް ޢަމަލުކުރަން މަސައްކަތްކުރުމެވެ. ޜަސޫލް ޞަލައްﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމަށް އަހުރެމެންނަށް ކުރެވެން އޮތްކަމަކީ ސުންނަތަށް ޢަމަލުކުރުން ކަމުގައިވާތީއެވެ.  

- މަޢުލޫމާތު: ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން