ލޯބިވެރިޔާގެ އެދުމަށް ތިމާއަށް ވަފާތެރި އަނބިމީހާ ވަރިކުރުމަކީ ކުރެވޭ ބޮޑު ކުށެއް! ދެވޭ ބޮޑު އަނިޔާއެއް! އެކަން ކުރާ ގިނަ ބައަކަށް ޖެހެނީ ކަރުނައަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ލޯބިވެރިޔާގެ އެދުމަށް ތިމާއަށް ވަފާތެރި އަނބިމީހާ ވަރިކުރުމަކީ ކުރެވޭ ބޮޑު ކުށެއް! ދެވޭ ބޮޑު އަނިޔާއެއް! އެކަން ކުރާ ގިނަ ބައަކަށް ޖެހެނީ ކަރުނައަޅަން!

ޒަވާޖީ ޙަޔާތެއް ފަށައި ދިރިއުޅެންފަށާ ހިސާބުން ދެމީހުންވެސް ވާންޖެހޭނީ އެކަކު އަނެކަކަށް ތެދުވެރި ވަފާތެރިންކަމަށެވެ. މިކަމުގައި ދެމީހުންވެސް ހަމަހަމައެވެ. ނަމަވެސް ފިރިހެނުންނަށް އިތުރު އަނބިން ހުއްދައެވެ. އެހެންވެ އިތުރު ކައިވެނިކުރެވިދާނެއެވެ. 

އެހެންކަމާއިއެކުވެސް ކަންކަން ކުރަންޖެހޭނީ ދީނުގައިވާ އިންތަކުގެ ޔެރޭގައެވެ. ލޯބިވެގެން އުޅުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއްނޫނެވެ. އަވަހަށް ކައިވެނިކުރަންވާނެއެވެ. 

އަނެއް ކަމަކީ ދެވަނަ ކައިވެނިކުރަން ބޭނުންވެގެން އުޅޭ މީހާ ބުނާތީ އަނބިމީހާގެ ކުށެއްނެތި ވަރިކޮށްގެން ނުވާނެއެވެ. އެފަދަ ގޮތަކަށް ވަރިކޮށްފިނަމަ އެކަން ހިމެނިގެންދާނީ އަނިޔާވެރިވުމުގެ ތެރެއިންނެވެ.

ހަމައެއާއިއެކު ވިސްނަންންވާނެއެވެ! އަނބިމީހާގެ ދިރިއުޅުން ވަނީ ތިބާއަށް ފެނިފައެވެ. ތަޖުރިބާ ކުރެވިފައެވެ. އިތުބާރާއި ޔަޤީންކަންވެސް ލިބިފައެވެ. ވީމާ ތަޖުރިބާ ކުރެވި އެއްވެސް ޔަޤީންކަމެއް ލިބިފައި ނުވާ އަންހެނެއްގެ އަވާގައި ޖެހެވި ތިމާގެ ޙަލާލު އަނބިމީހާ ދޫކޮށްލުމަކީ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހަވާނަފްސަށް ހެއްލި އެފަދަ ަކންކަން ކުރެވޭ ގިނަ މީހުންނަށް ކުރަންޖެހެނީ ވަރަށް ހިތިތަޖުރިބާއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން