ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރާނީ އަދި އެންމެ ބޮޑަށް ސަމާލުކަންދޭނީ ސުވަރުގެ ލިބިގަތުމަށެވެ. އެކަމަށް މަސައްކަތްކުރަމުންދާއިރު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. ސުވަރުގެ ޙާޞިލުކުރެވެން އޮތީ އެކަންކަމަށް ސަމާލުކންދީގެން މަސައްކަތްކުރުމުންނެވެ. ނޫންނަމަ ކުރާ މަސައްކަތްތަކަކީ ފޫނެތް ބާލިދީއަކަށް ފެންފުރުން ފަދަ ކަމަކަށްވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ކުރި ހުރިހާ މަސައްކަތްތަކެއް ފޭލްވީއެވެ. ޤިޔާމަތް ދުވަހު އެމީހަކު ވާނީ މާޔޫސްވާންޖެހޭ މީހުންގެ ތެރެއިންނެވެ.
"ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ތެދުވެރިވެއްޖެ މީހަކަށް ވަނީނަމަ ހަކަމަކުން ތިޔަބައީހުން ގެރެންޓީ ދެއްވާށޭ ތިމަންކަލޭގެފާނު ތިޔަބައިމީހުން ސުވަރުގެ ދެއްވުމަށް ޖާމިނުވެވަޑައިގަންނަވަމެވެ."
"ފުރަތަމަ ކަމަކަށް މިއޮތީ ތިޔަބައިމީހުން ވާހަކައެއް ދައްކާކަމުގައިވަނީނަމަ ތެދު ބަހުން ވާހަކަ ދައްކާށޭ. އޮންނަ ގޮތަށް އެބަސް ބުނާށޭ. އެއްވެސް ހާލެއްގައި އެއީ މީހަކު ބުނެފާނެ އެއްޗަކާ ދޭތެރޭގައި ބިރުވެރިކަމެއްނެތި ބުނާށޭ! 2 ތިޔަބައިމީހުންނަށް ވައުދެއްވެއްޖެކަމުގައިވާނަމަ އެވައުދު ފުއްދާށޭ! 3 ތިއަބައިމީހުންނަށް އަމާނާތެއް ހަވާލުކުރެއްވިއްޖެކަމުގައިވާނަމަ އެއަމާނާތެއް އަދާކުރާށޭ. 4 ތިޔަބައިމީހުންގެ ބެލުން ތިރިކުރާށޭ. މާނައަކީ ﷲ ހަރާމްކުރެއްވި ކަންތައްތައް އަޅުގަނޑުމެންގެ ލޮލުން ނުބަލާށޭ. 5 ތިޔަބައިމީހުން އިއްފަތްތެރިވާށޭ. ލަދުވެތި ގުނަވަންތައް ރައްކާތެރިކުރާށޭ. 6 ތިޔަބައިމީހުންގެ އަތްތައް، މީހުންނަށް އަނިޔާކުރުމުން ރައްކާތެރިކުރާށޭ."
ސުވާލަކީ މި 6 ކަންތަކުގެ ތެރެއިން ތިބާއަށް ގަރަންޓީ ދެވޭނީ ކިތައް ކަންތަކަށްހެއްޔެވެ؟ އެންމެ ކަމަކަށް ނަމަވެސް ގަރަންޓީ ދެވިދާނެ ހެއްޔެވެ؟
ޝައިޚް ޢިއްޒުއްދީން ޢަދުނާނުގެ ދަރުސް:
މިއަދު ތިޔަލޮބުވެތި އަޚުންނާއި އުޚްތުންނަށްވެސް އަޅުގަނޑު ހިއްސާކޮށްލަން ބޭނުންވަނީ ދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑުމެން ތެދުވެރިވުން.
އަޅުގަނޑުމެން ކުރާ ޢަމަލުތަކުގައިވެސް ބުނާ ބަހުގައިވެސް ތެދުވެރިވުން. އެއީﷲ ސުބްޙާނަހޫ ވަތަޢާލާ މީސްތަކުންނަށް ކުރައްވާފައިވާ ވަރަށް މަތިވެރި އަމުރުފުޅެއް. "އޭ އީމާންވި މިސްތަކުންނޭ ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށޭ. އަދި ތެދުވެރިންނާއެކު ވާށޭ."
ޝައްކެއްނެތް ތެދުވެރިވުމަކީ ތެދުވެރިކަމަކީ އޭގެ ސަބަބުން ޤިޔާމަތް ދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް، އެކަލާނގެއަށް ތަޤުވާވެރިވެ އެކަލާނގެ އެންގެވި ގޮތުގަ ހެޔޮ އަމަލުކުރަން މީހުންނަށް ދެއްވަން ވަޢުދުވެރިވޮޑިގެންވާ މަތިވެރިވެގެންވާ ސުވަރުގެ އަޅުގަނޑުމެންނަށް ވާސިލްކޮށްދޭނެ ކަމެއް.
އަދި ކީރިތި މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދުގެ ތެރޭގައި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމައަކީ ހުރިހާ ހާލަތެއްގައި އެކަލޭގެނާފަނީ ތެދުވެރި ބޭކަލެއް. އެކަލޭގެފާނު ޙަދީޘްކުރައްވާ ބަސްފުޅުގައި އަދި ކުރައްވަވާ ޢަމަލުފުޅުތަކުގައި، ވިޔަފާރީގައިވެސް ހުރިހާކަމެއްގައިވެސް ތެދުވެރިވެވަޑައިގަންނަވާ!
މިއަދުގެ އަޅުގަނޑުމެންގެ ތެރެއިން ތެދުވެރިކަން ނެތި ދިއުމަކީ އަޅުގަނޑުމެން އެކަމަށްޓަކައި ކަންބޮޑުވާ ކަމެއް. މިއަދު އަޅުގަނޑުމެންގެ އެތެއިން އެންމެންވެސް މިވަނީ ތެދުވެރިވާންޖެހިފައި. އަޅުގަނޑުމެންގެ މުޅި މުޖުތަމަޢުގެ ހުރިހާ އަފުރާދުންވެސް ހުރިހާ ގިންތިއެއްގެ ހުރިހާ ފަންތިއެއްގެ ބަޔަކުވެސް މިކަމަށްޓަކައި ސަމާލުކަންދޭންޖެހޭ. ފަހުޒަމާން ގާތްވަނީ!
އަޅުގަނޑުމެންނަށް އެނގޭނެ ތެދުވެރިކަން ނެތިންޖެއްޔާ ހަމަކަށަވަރުން އެއީ އަޅުގަނޑުމެން ގިޔާމަތް ވުމަށް އިންތިޒާރު ކުރަންޖެހޭ ކަމެއް. އެހެންކަމުން ކީރިތި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް މިކަމަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި ވަރަށް މަތިވެރި އަމުރަކުން އަމުރުކުރައްވާފައިވޭ "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ތެދުވެރިވެއްޖެ މީހަކަށް ވަނީނަމަ ހަކަމަކުން ތިޔަބައީހުން ގެރެންޓީ ދެއްވާށޭ ތިމަންކަލޭގެފާނު ތިޔަބައިމީހުން ސުވަރުގެ ދެއްވުމަށް ޖާމިނުވެވަޑައިގަންނަވަމެވެ."
އޭގެ ތެރޭގައި ފުރަތަމަ ކަމަކަށް މިއޮތީ ތިޔަބައިމީހުން ވާހަކައެއް ދައްކާކަމުގައިވަނީނަމަ ތެދު ބަހުން ވާހަކަ ދައްކާށޭ. އޮންނަ ގޮތަށް އެބަސް ބުނާށޭ. އެއްވެސް ހާލެއްގައި އެއީ މީހަކު ބުނެފާނެ އެއްޗަކާ ދޭތެރޭގައި ބިރުވެރިކަމެއްނެތި ބުނާށޭ ތިޔަބައިމީހުންނަށް ވައުދެއްވެއްޖެކަމުގައިވާނަމަ އެވައުދު ފުއްދާށޭ! ތިއަބައިމީހުންނަށް އަމާނާތެއް ހަވާލުކުރެއްވިއްޖެކަމުގައިވާނަމަ އެއަމާނާތެއް އަދާކުރާށޭ. އަދި ތިޔަބައިމީހުންގެ ބެލުން ތިރިކުރާށޭ. މާނައަކީ ﷲ ހަރާމްކުރެއްވި ކަންތައްތައް އަޅުގަނޑުމެންގެ ލޮލުން ނުބަލާށޭ. އަދި ތިޔަބައިމީހުން އިއްފަތްތެރިވާށޭ. ލަދުވެތި ގުނަވަންތައް ރައްކާތެރިކުރާށޭ. އަދި ތިޔަބައިމީހުންގެ އަތްތައް، މީހުންނަށް އަނިޔާކުރުމުން ރައްކާތެރިކުރާށޭ.
އަޅުގަނޑުމެންނަށް އެނގެނީ މިއީ ވަރަށް މަތިވެރި 6 ކަންތައްތަކެއްކަން!
އަޅުގަނޑުމެންގެ ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެން އެބަޖެހޭ ވާހަކަ ދެއްކުމުގައިވެސް ތެދުވެރިވާން އަމަލު ކުރުމުގައިވެސް އަމަލާ ބަހުން ތެދުވެރިވާން އެބަޖެހޭ އަދި ވަކިން ޚާއްސަގޮތެއްގައި އަޅުގަނޑުމެން މިއޮތީ ﷲ ސުބްޙާނަހޫ ވަތަޢާލާއާ ދޭތެރޭގައި އޮންނަ ގުޅުމާއިމެދު އަޅުގަނޑުމެން ތެދުވެރިވެވިއްޖެކަމުގައި ވަނީނަމަ ޝައްކެއްނެތް އަޅުގަނޑުމެން މީސްތަކުންނާއި ދޭތެރޭގައި ތެދުވެރިކަމާއެކު މުޢާމަލާތްކުރެވޭނެ. ނަމަވެސް ހިތާމައަކީ މިއަދުގެ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިތެދުވެރިކަން ނެތިގޮސް ފަހުޒަމާނުގައި މިއޮތީ ބޮޑެތި ކަންތައްތަކެއް އަޅުގަނޑުމެންނަށް މިއޮތީ އަޅުގަނޑުމެންގެ މުޖުތަމަޢުތަކުން ފެނިގެން މިދަނީ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތެދުވެރިކަން ނެތުމުގެ ސަބަބުން އަޅުގަނޑުމެން އެތައް ބައެއްގެ ޙައްޤުތަކެއް ގެއްލިގެން އެބަދޭ. އެހެންވީމާ އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުގެ އިލްތިމާސްއަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ހުރިހާ އަޚުންނާއި އުޚްތުންނަށް މިކަންތައްތަކަށް ރައްކާތެރިވެގެން ތެދުވެރިވެއްޖެކަމުގައިވަނީނަމަ އަޅުގަނޑުމެން ތެދުބަހުން ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި އެއީ ޖެހިލުންވާންޖެހޭ ކަމެއްނޫންކަން ބިރުގަންނަންޖެހޭ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާކަން. އަދި ތެދުވެރިވެއްޖެ މީހާއަށް ދަންނަވަނީ ހަމަކަށަވަރުން އެއީ މީހާ ތެދުބަހުން ވާހަކަ ދައްކާކަމުގައިވަނީނަމަ އެމީހަކު ﷲ ތެދުވެރިއެއްގެގޮތުގައި ލިޔުއްވާ ސުވަރުގެ ވައްދަވާނެ.
އެހެންކަމުން އަދަބުވެސް މަގުދައްކަނީ ހެޔޮ ކަންތައްތަކަށް. އަޅުގަނޑުގެ ދުއާއަކީ އިލްތިމާސްއަކީ އަޅުގަނޑުގެ ލޮބުވެރި އަޚުންނާއި އުޚްތުން އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މުސީބާތުގައި މިދަނޑިވަޅުގައިވެސް އަޅުގަނޑުމެން އެންމެންވެސް ހިނގާށޭ އެންމެންނަކީ އެކަކު އަނެކަކަށް ތެދުވެރިކަމާއެކު މުޢާމަލާތްކުރާ ތެދުވެރިކަމާއެކު ބަސްބުނާ އަދި އަޅުގަނޑުމެން ބުނާ ބަހާއި އަދި ކުރާ ޢަމަލުގައި ތެދުވެރިބަޔަކަށް ވެއިއްޖެކަމުގައިވަނީނަމަ ޝައްކެއްނެތް އަޅުގަނޑުމެންގެ މުޖުތަމައުއަކީ ފާގަތި އެކުވެރި އަޅުގަނޑުމެންނަކީ ކުރިއަރާފައިވާ މުޖުތަމަޢެއްގެގޮތުގައި ވާނެ.
ﷲ ސުބްހާނަހޫ ވަތަޢާލާގެ ރުއްސެވުން ލިބިގެންވާ މުޖުތަމަޢުއަކަށްވާނެ. އަދި ފުއްސެވުން ލިބިގެންވާ މުޖުމަތުއެއްކަމުގައިވާނެ. އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ތެދުވެރިންކަމުގައި ލައްވަވާ އެކަމުގެ ހެޔޮ ތަޢުފީޤް ދެއްވުން. ޤިޔާމަތް ދުވަހުން އެކަލާނގެ މަތިވެރިވެގެންވާ ސުވަރުގެތަކަށް އަޅުގަނޑުމެން ވެއްދެވުން! އާމީން
- ޝައިޚް ޢިއްޒުއްދީން ޢަދުނާނުމިއަދުނޫހަށް ޚާއްޞަކުރައްވައިގެން ދެއްވާފައިވާ ދަރުސަކުން