ހަނދުމަކޯށްދިނުމެއް!: ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުމާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން-: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހަނދުމަކޯށްދިނުމެއް!: ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުމާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން-: ޝައިޚް ފަރީދު

ފަތިސް ނަމާދުގެ އިހު ސުންނަތް ނުކޮށް ދޫކޮށްނުލާށެވެ! ޙަދީޘްފުޅުގައި އޮތީ "ފަތިސްނަމާދުގެ އިހު ސުންނަތަކީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި މާތް (އަގުހުރި) އެއްޗެއް ކަމުގައެވެ. ފަތިސް ނަމާދަށްފަހު ޟުޙާ ވަގުތު ޖެހެންދެން ކުރާނެ ސުންނަތް ނަމާދެއް ނެތެވެ.

މިސްކިތަށް ޖަމާޢަތަށް ދާމީހާއަށް ވަގުތު ނެތިގެން އިހު ސުންނަތް ނުކުރެވިއްޖެ ނަމަ ރަނގަޅު ގޮތަކީ އިރު ތަންކޮޅެއް މައްޗަށް އެރުމުން ސުންނަތް ކުރުމެވެ. ޟުޙާނަމާދު ކުރާ މީހާ ޟުޙާ ނަމާދުކުރުމުގެނ ކުރިން ފަތިސްނަމާދުގެ އިހުސުންނަތް ކުރަންވާނެއެވެ.

ފަތިސްނަމާދުގެ ޖަމާޢަތަށް ދާން ނުހޭލެވިގެން ގޭގައި ފަތިސްނަމާދު ކުރިނަމަވެސް ފަތިސް ނަމާދުގެ އިހު ސުންނަތް ކުރަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ހޭލެވުނުއިރު އިރު އެރުން ގާތްވެގެން ނުކުރެވުނު މީހާ ފަހުން ނަމަވެސް ކުރިން ބަޔާންކުރި ފަދައިން ޤަޟާއަށް ކުރާނީއެވެ. އަދި އިރުއަރާފަހުން ހޭލެވިއްޖެ ނަމަ ފަތިސް ނަމާދުކުރުން އޮތީ އިހުސުންނަތް ކުރުމަށްފަހުގައެވެ.

މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު

މިއަދު އޮންލައިން