މުސްލިމުންނަށް އެމީހުންގެ ގޮތުގައި ސަލާމަތްވެ ތިބެވެން އޮތް ހަމައެކަނި ގޮތަކީ މުސްލިމް ޤައުމުތައް އެއްބައިވުމެވެ. އެއް އުންމަތެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.
ކޮންމެ ޤައުމެއްގައި އަމިއްލަ ވެރިކަމެއް އޮތުމަކީ މައްސަލައެއް ނޫނެވެ. އެޤައުމެއްގެ ވެރިކަން ކުޜާނެ މީހަކު އިޚްތިޔާރުކުރުމަކީ އެޤައުމެއްގެ ރައްޔިތުންގެ ޙައްޤެކެވެ. ވީމާ އެއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.
ހުރިހާ ޤައުމުތަކަކުންވެސް އެއްބަސްވާންވީ އެއްވެސް ބައަކު ނުވަތަ އެއްވެސް ޤައުމަކުން މުސްލިމް ޤައުމަކަށް ޙަމަލާދީފިނަމަ އެޤައުމެއްގެ ދިފާޢުގައި މަސައްކަތްކުރުމަށެވެ. އަނިޔާ ނުވަތަ ގެއްލުން ލިބޭ ޤައުމަކީވެސް ހަމަ ތިމާގެ ޤައުމުގެ ބައެއް ކަމުގައި ދެކެގެން އެޤައުމެއްގެ ސަލާމަތަށް މަސައްކަތްކުރުމަށެވެ.
މިއީ ނުކުރެވޭވަރުގެ ކަމެއް ނޫނެވެ. ކާފިރުން އެތިބީ އެކަންކޮށްގެންނެވެ. ޔޫރަޕުން އެވަނީ ނޭޓޯ އުފައްދައިފައެވެ. މަޤްޞަދަކީ ހަމަ ކުރިން މިބަޔާންކުރި މަޤްޞަދެވެ. ހުރިހާ ޤައުމުތަކަށް ސަލާމަތާއި ރައްކައުތެރިކަން ލިބިގަތުމެވެ.
މުސްލިމުންގެ މެދުގައި އެފަދަ ގުޅުމެއް އޮތްނަމަ ފަލަސްޠީނަށް މިއަދު ކުރިމަތިވެގެން އެއުޅޭފަދަ ޙާލަތެއް އެއްވެސް މުސްލިމް ޤައުމަކަށް ކުރިމައްޗެއް ނުވާނެއެވެ. ހުރިހާ ޤައުމުތަކަށްވެސް ސަލާމަތްކަމުގައި ދެމިއޮވެވޭނެއެވެ.
-ޑރ. ޒާކިރް ނައިކް ދައްކަވާފައިވާ ވާހަކަފުޅަކުން