ﷲ އަށް ތެދުވެރިވެ، ވަޒީފާގަ އިޚްލާޞްތެރިވެ ރަނގަޅަށް މަސައްކަތްކުރަނިކޮށް ވަޒީފާ ގެއްލިއްޖެނަމަ މާޔޫސްނުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ﷲ އަށް ތެދުވެރިވެ، ވަޒީފާގަ އިޚްލާޞްތެރިވެ ރަނގަޅަށް މަސައްކަތްކުރަނިކޮށް ވަޒީފާ ގެއްލިއްޖެނަމަ މާޔޫސްނުވާށެވެ!: މުފްތީ މެންކް

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ދެރަވާނެ އެއްކަމަކީ އެމީހަކު އަދާކުރާ ވަޒީފާ ގެއްލުމެވެ. އެއީ ވަޒީފާ ގެއްލިއްޖެނަމަ ޚަރަދުކުރާނެ ފައިސާ ނުލިބި މާލީ ނުތަނަވަސްކަމަކާއި ކުރިމަތިލާންޖެހޭނެތީއެވެ. ދިރިއުޅެން ދަތިތައް ކުރިމަތިވާނެތީއެވެ.

ނަމަވެސް ކަންބޮޑުވެ މާޔޫސް ނުވާށެވެ! ތިބާއަށް އެ ޙާލަތުމެދުވެރިވެއްޖެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ތިބާ ދިރިއުޅެމުން ގެންދާ ދަތި ޙާލަތުވެސްމެއެވެ.

ޔަޤީންކުރާށެވެ! ތިބާގެ މިސްރާބު ﷲ ތަޢާލާ ބަދަލުކުރައްވަވަނީއެވެ. ތިބާއަށް ދެން ކުރަން ލިބޭ މަސައްކަތަކީ ކުރިން ކުރަމުން އައި މަސައްކަތަށްވުރެ ހުރިހާ ގޮތަކުންވެސް މާފައިދާހުރި މަސައްކަތަކަށް ވުމަށް އުންމީދުކޮށް އެކަމަށް އެދި ދުޢާކުރުން ގިނަކުރާށެވެ!

ކެތްތެރިކަން އިސްކުރާށެވެ! އެއްވެސް މީހަކަށް ދެރަވާނެ ގޮތެއް ﷲ ތަޢާލާ އިރާދަ ނުކުރައްވަވާނެކަން ޔަޤީންކުރުމާއިއެކު ﷲ ތަޢާލާއަށް ވަކީލްކޮށްގެން ހުންނާށެވެ! ހަމަ އެއާއިއެކު ވިސްނައިލަންޖެހޭނެ ކަމެއްވެސް އެބައޮތެވެ. އެއީ ވަޒީފާލިބުމުން ވަޒީފާގައި އުޅޭއިރު ތެދުވެރިވުމެވެ. ވަޒީފާ ލިބުމުން ވަޒީފާގައި ތިބާ މަސައްކަތްކުރާ ގޮތްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ވީމާ ވަޒީފާ އަދާކުރަންވާނީ ވަޒީފާ ގެއްލިއްޖެނަމަ ދުޢާކުރަން ތިމާގެ ދެއަތް އުފުލައިލެވޭނެ ގޮތަށެވެ. އެއީ އިޚްލާޞްތެރިވެ ތެދުވެރިވުމެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން