މުޅި ރޭ އަޅުކަމުގައި ހޭދަކުރުމަކީ ހަމައެކަކަށްވެސް ކުރަން އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. އޮތީވެސް ރޭގަނޑުން ބައެއްގައި ޢާއިލީ ޙައްޤުތައް އަދާކޮށް އަދި ނިދާފައި ތެދުވެ ރޭއަޅުކަންކުރުމެވެ. ރޭގަނޑު 3 ބައަށް ބަހައި ފަހުބައިގައި ރޭއަޅުކަންކުރުމެވެ.
އެހެންކަމާއިއެކުވެސް މުޅިރޭ، ރޭއަޅުކަންކުރިކަމުގެ ޘަވާބު ދެއްވަވާނެ ވަރަށް ލުއިފަސޭހަ މަގެއް އެބައޮތެވެ. އެމަގު އިޚްތިޔާރުކުރަމާ ހިނގާށެވެ! ލުއިމަގަކުން ގިނަ ޘަވާބު ހޯދަން ބޭނުންވާ މީހުން މިޙަދީޘްފުޅަށް ބަލައިލަމާ ހިނގާށެވެ!
ޙަދީޘްފުޅުގައި އޮތީ ޖަމާއަތުގައި ޢިޝާ ނަމާދުކުރުމަކީ ރޭގަނޑުގެ ދެބައިކުޅައެއްބައިގައި އަޅުކަންކުރުމުގެ ޘަވާބު ދެއްވަވާނެ ކަމެއް ކަމަށެވެ. އަދި ޖަމާޢަތުގައި ފަތިސްނަމާދުކުރުމަކީ ރޭގަނޑުގެ އަނެއްބައިގައި އަޅުކަން ކުރުމުގެ ޘަވާބު ދެއްވަވާނެ ކަމެއް ކަމަށެވެ.
މި ޙަދީޘްފުޅުން އެނގިގެންދަނީ ޢިޝާ ނަމާދާއި ފަތިސްނަމާދާއި 2 ނަމާދު ޖަމާއަތުގައި ކުރުމަކީ މުޅި ރޭގަނޑުގައި ރޭ އަޅުކަންކުރި ކަމުގެ ޘަވާބު ލިބިގެންދާ ކަމެއް ކަމެވެ.
Rasululllah saw) said: “One who performs Esha in congregation gets the reward of spending half the night in worship. And he who follows that up with the Fajr salah in congregation, will be as if he has stayed up all night in ‘ibaadah.” (Sahih Muslim & Sunan Abi Dawud)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން