ބޭނުން ނެތްނަމަ އޮތީ ޙައްޤުގޮތުގަ ދޫކޮށްލުން! ވަރިނުކޮށް ބައިންދާނަމަ ޚަރަދުކޮށް ބަލަހައްޓަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބޭނުން ނެތްނަމަ އޮތީ ޙައްޤުގޮތުގަ ދޫކޮށްލުން! ވަރިނުކޮށް ބައިންދާނަމަ ޚަރަދުކޮށް ބަލަހައްޓަން ޖެހޭނެ!

ނިކަން ވިސްނައިލަބަލާށެވެ! "އަންހެނުންނަށް ހެޔޮކޮށް ހިތައި ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ" ރަސޫލް () އެންމެ ފަހުން ކުރެއްވެވި ވަޞިއްޔަތްޕުޅުތަކުގެ ތެރެއިން ވަޞިއްޔަތްޕުޅެކެވެ.  

މިބަސް ބައެއް މީހުން އެބަ އޮޅުވައިލައެވެ. އެއްވެސް ޙާލެއްގައި މިބުނަނީ އަނބިމީހާ އުޅޭނެހައި ގޮތަކަށް އުޅޭނަމަ އޭނާއަށް ޚިދުމަތްކުރުމުގެ ވާހަކައެއް ނޫނެވެ. އަނބިމީހާ އާއިއެކު ދިރިއުޅެވެން ނެތް ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ރިވެތި ގޮތުގައި އޭނާ ދޫކޮށްލާށެވެ! އެކަމުގައި ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޢަމަލުކުރާށެވެ!  

އަންތބެއްގެ ގޮތުގައި ބައިންދާނަމަ ޖެހޭނީ ހަމަ ހުރިހާ ޚަރަދެއްވެސް ކުރާށެވެ. ނުކުރިނަމަ އެމީހަކު ދާނީ ދަރަނިވެރިވަމުންނެވެ.  

އަނބިމިހާއަށް އިހާނާތްތެރިވެ އަނިޔާވެރިވުމުގެ ކުރިން ވަރަށް ރަނގަޅަށް ވިސްނައިލަންވާނެއެވެ! ތިމާއަށް މިކުރެވެނީ ކިހައިވަރެއްގެ ޢަމަލެއްކަމާއިމެދުގައެވެ. މިކުރަނީ ހަމަ ކުރަން ހެޔޮވެދާނެ ކަމެއް ކަމާއިމެދުގައެވެ. 

އަނބިމީހާ ފިރިމީހާގެ ޙައްޤުތަކަށް ރައްކައުތެރިވުމަކީވެސް އޭނާގެ މައްޗަށް އޮތް އެންމެ މަތިވެރި އެއް ވާޖިބެވެ. އެވާޖިބު އަނބިމީހާ އަދާނުކުރި ނަމަ، އެކަމަށްވެސް އަނިޔާވެރި ގޮތުގައި އަދަބު ނުދޭށެވެ! ޢަމަލުކުރަން އޮތް އިމުގެ ތެރެއިން ޢަމަލުކުރާސެވެ! ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލުކޮށްލާށެވެ! އެއިރުން ހަމަ ގައިމުވެސް ތިބާ ފާފަވެރިއެއް ނުވާނެއެވެ! 

އަދިކީއްހެއްޔެވެ؟ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާއަށް ވަކީލުކުރުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް މާމަތިވެރިވެފައި ފުރިހަމަވާނެއެވެ! އެއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން